March 16, 2026
Advertisement
މަޑަވެލި ދާއިރާ މެމްބަރު ޝަމީޒު
މަޑަވެލި ދާއިރާ މެމްބަރު ޝަމީޒު / -

ރައީސް މުއިއްޒުގެ ސިޔާސަތަށް ތާއީދުނުކުރާ މީހުންނަށް ވަޒީފާތަކުގައި ނުތިބެވޭނެކަމުގެ އިންޒާރު މަޑަވެލި ދާއިރާ މެމްބަރު ދީފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 10, 2024, 05:27 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތަށް ތާއީދުނުކުރާ މީހުންނަށް ވަޒީފާތަކުގައި ނުތިބެވޭނެކަމުގެ އިންޒާރު މަޑަވެލި ދާއިރާ މެމްބަރު މުހައްމަދު ޝަމީޒު ދީފިއެވެ.

Advertisement

އޭނާ މިފަދަ އިންޒާރެއް ދީފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް މިހާރު ކުރިއަށް ގެންދާ މެމްބަރޝިޕު ޑްރައިވްގައި އެ ދާއިރާއިން މީހުން އިތުރު ކުރުމަށް ސަރުކާރުގެ މަގާމުތަކުގައި ތިބި ދާއިރާގެ ބައެއް މީހުންނާ ބައްދަލުކުރުމަށް ފަހުއެވެ.

އެގޮތުން އެ ބައްދަލުވުމުގައި ބައިވެރި ޖެންޑަރ މިނިސްތްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސްމާ ހަސަން ފޭސްބުކުގައި ކުރެްވި ޕޯސްޓެއް ޝެއަރ ކުރައްވާ ޝަމީޒު ވިދާޅުވީ، ބައެއް މީހުން ބޭނުންވަނީ ވަޒީފާ ކަމަށާ ނަަމަވެސް ރައީސް މުއިއްޒުގެ ސިޔާސަތުތަކަް ތާއީދުކޮށް ޕްރޮމޯޓުކުރަން އެ ބަޔަކު ބޭނުންނުވާ ކަމަށެވެ.

ޝަމީޒުގެ އެފްބީ ޕޯސްޓު
ޝަމީޒުގެ އެފްބީ ޕޯސްޓު

އެހެން އެކަން ނުވާނެ ކަމަށާ ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ތާއީދުކޮށް ސަރުކާރު ޕްރޮމޯޓުނުކުރާނަމަ ވަޒީފާތަކުން ކަނޑާލާނެ ކަމުގެ އިންޒާރު ޝަމީޒުވަނީ ރައްޔިތުންނަށް ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved