9 މީހުންނާއެކު ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ މައި ވައިގެ ބަނދަރުން ފުރި މަތިންދާ ބޯޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ތައިލެންޑުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނި ގޮތުގައި ތައި ފްލައިންގ ސަރވިސް ކުންފުނިން އޮޕަރޭޓްކުރާ ސެސްނާ ކެރަވަން ސީ208ބީ ޓާބޯޕްރޮޕް މަތިންދާބޯޓު ބެންކޮކުގެ ސުވަރުނަބޫމީ އެއަރޕޯޓުން ފުރާފައިވަނީ ބުރާސްފަތި ދުވަހު މެންދުރުފަހު 2:46 ގައެވެ.
އަދި އެއަރ ޓްރެފިކް ކޮންޓްރޯލުން މަތިންދާބޯޓާ ރޭޑިއޯ އަދި ރާޑާ ގުޅުން ގެއްލިފައިވަނީ 11 މިނެޓް ފަހުން، އެއަރޕޯޓުން ގާތްގަނޑަކަށް 35 ކިލޯމީޓަރު (22 މޭލު) ދެކުނު އިރުމަތީގައި އުދުހެމުންދަނިކޮށެވެ.
މަތިންދާބޯޓު ދަތުރުކުރަމުން ދިޔައީ ތައި ވެރިރަށުން 275 ކިލޯމީޓަރު (171 މޭލު) ދެކުނު އިރުމަތީގައިވާ ޓްރެޓް ކިޔާ ކަނޑުކައިރީގެ ޕްރޮވިންސްއަށެވެ.
މި ބޯޓު މާ ގިނަ އިރުތަކެއް ވެއްޓިފައުވާއިރު ބޯޓުގައި ތިބި 9 މީހުން ވެސް މަރުވެފައިވާކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 7 ފަސިންޖަރުންނާއި 2 ޕައިލެޓުންނެވެ.
ތައިލޭންޑްގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، ބޯޓު ވެއްޓުނު ސަރަހައްދު ކަމަށްވާ ޗަޗޯއެންގްސައޯ ޕްރޮވިންސްގެ ކަނޑޫފާ ސަރަހައްދަކުން، އެއްވެސް ދިރިހުރި މީހަކު ރެސްކިޔު ޓީމަށް ފެނިފައެއް ނުވެއެވެ. މި ސަރަހައްދަކީ ވައިގެ ބަނދަރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި އޮންނަ ތަނެކެވެ.
ގާތްގަނޑަކަށް އެއް ގަޑިއިރު ވަންދެން ހޯދުމަށްފަހު، ރެސްކިޔު ޓީމްތަކަށް ވަނީ ބޮޑަށް ޒަޚަމްވެފައިވާ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށާ، މަތިންދާބޯޓުގައި ތިބި މީހުންގެ ނަންތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެ ޕްރޮވިންސްގެ ސްޕޯކްސްޕާސަން ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ޗައިނާގެ ހޮންކޮންގުގެ 5 ފަތުރުވެރިން، ތައިލެންޑްގެ 2 އަންހެން ކުރޫއިން އަދި ތައިލެންޑުގެ ޕައިލެޓާއި ކޯ-ޕައިލެޓް ހިމެނެއެވެ.
މި ހާދިސާ ހިނގި ސަބަބު އަދި އެނގިފައެއް ނުވެއެވެ.