March 25, 2026
Advertisement
އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އިދާރާގެ އިސްވެރިޔާ، ފިލީފޯ ލަޓްރަޒީނީ
އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އިދާރާގެ އިސްވެރިޔާ، ފިލީފޯ ލަޓްރަޒީނީ / ޕީއެސްއެމް

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީދިނުން މެދުކަނޑާލުމުން އދ އިން ކަންބޮޑުވުން ފާޅުކޮށްފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 29, 2024, 07:35 PM

ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ހަރަކާތްތެރިވަމުންދާ އދ ގެ އިދާރާއަށް މާލީ ގޮތުން އެހީވުން، ބައެއް ޤައުމު ތަކުން ހުއްޓާލުމާއި ގުޅިގެން އެ އިދާރާގެ އިސްވެރިޔާ ފިލީފޯ ލަޓްޒަރީނީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Advertisement

އެ އިދާރާއަށް އެހީވުން ހުއްޓާލާފައިވާކަން ބައެއް ޤައުމުތަކުން ހާމަކޮށްފައިވަނީ، އޮކްޓޯބަރު 7 ވަނަ ދުވަހު، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީން އިސްތިއުމާރު ކޮށްފައިވާ ރަށްތަކަށް ދިން ހަމަލާގައި އެ އިދާރާގެ ބައެއް ބޭފުޅުން ބައިވެރިވާ ކަމުގެ ތުހުމަތު ތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ.

ލަޓްޒަރީނީ ވިދާޅުވީ، ފަލަސްތީނަށް މާލީ ގޮތުން އެހީވުން ނުވަ ޤައުމަކުން ހުއްޓާލައިފައިވާކަމަށެވެ. އަދި އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ އޭނާ ވަނީ އެ ނިންމުން ބަދަލު ކުރުމަށް އެޤައުމުތަކަށް ގޮވާލައްވާފައެވެ.

އެ ޤައުމުތަކުގެ ނިންމުމާ އެކު ފަލަސްޠީނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ބިރު އެބައޮތް. ޚާއްޞަކޮށް ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން ރައްޔިތުންނަށް އެ ކަމުގެ އަސަރު ކުރާނެ.

ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އިދާރާގެ އިސްވެރިޔާ، ފިލީފޯ ލަޓްޒަރީނީ

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދިނުން މެދުކަނޑާލައިފައިވާ ވިލާތުގެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ސްވިޓްޒަލޭންޑް އަދި ފިންލެންޑެވެ.

މީގެ އިތުރުން އެމެރިކާއާއި އޮސްޓްރޭލިއާގެ އިތުރުުން ކެނެޑާއިންވެސް އެހީފޯރުކޮށްދިނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއިލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އެ ސިޓީގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައެވެ.

އެގޮތުން އެކި ގައުމު ތަކުން އެހީ ފޯރުކޮށްެދެމުންދާއިރު، މިހާރު ބައެއް ޤައުމުތަކުން ވަނީ ވަގުތީ ގޮތުން އެހީ ފޯރުކޮށްދިނުން މެދުކަނޑާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved