
މުސްލިމުންނާ ކުރިމަތިވާނެ އެންމެ ބޮޑު އުފާ ކަމަށްވާ ހުކުރު ދުވަހާ އީދު ދުވަހަކާ ދިމާވުން، މިއހަަރު ވެފައިވާއިރު، އިޒްރޭލުން ފަލަސްތީނުގެ ގުދުސްގައި ހުންނަ މުސްލިމުންގެ ފުރަތަމަ ގިބްލަ، މަސްޖިދުލް އަޤްޞާ ބަންދުކޮށް، އަޅުކަންކުރާ މީހުންނަށް ހުރަސްއަޅައި، އެ ސަރަހައްދު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފައި ހުންނަތާ 19 ދުވަސް ފާއިތުވެއްޖެއެވެ.
ޔާހޫދީން އެ ސަރަހައްދު އަސްކަރީ މަރުކަޒަކަށް ބަދަލުކުރީ ރަމަޟާން މަހުގެ 27 ވިލޭރޭ (ލައިލަތުލްޤަދުރި ވިލޭރޭ)އާ ދިމާކޮށެވެ.
ފަލަސްތީނުގެ ގުދުސް ގަވަރުނަރޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖެނޮސައިޑް އިސްރާއީލު ސިފައިން ގުދުސްގެ ގަދީމީ ސިޓީ ވަށައިގެން އެތައް ސަތޭކަ ސިފައިންނެއް ރުކުރުވާލާފައިވާ ކަމަށެވެ. މި ހިޞާރުގެ ސަބަބުން ގިނަ އަދަދެއްގެ މަޤްދިސީންނަށް އަޤްޞާއަށް ނުވަދެވުމުން، އެމީހުން ވަނީ ބާބުލް ސާހިރާ އާއި ބާބުލް އަމޫދު ސަރަޙައްދުގެ މަގުމަތީގައި އިޝާ ނަމާދާއި ތަރާވީޙް ނަމާދު ކޮށްފައެވެ.
އިސްރާއީލުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރީ، އަޤްޞާގެ ހިޞާރު ވަރުގަދަކޮށް އެ މިސްކިތުގައި ލައިލަތުލްޤަދުރި ވިލޭރޭ އިޙްޔާ ކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުން ދިޔަ ދަނޑިވަޅެއްގައެވެ.
ވާދީ ޙުލްވާ އިންފޮމޭޝަން ސެންޓަރުން ހާމަކުރި ގޮތުގައި، ޖެނޮސައިޑް އިސްރާއީލު ސިފައިން ވަނީ މަގުތަކުގައި ހުރަސްތައް ބަހައްޓައި، އޯލްޑް ސިޓީގެ ރަށްވެހިން ފިޔަވައި އެހެން މީހުން އެތަނަށް ވަނުން މަނާކޮށްފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އެ ސަރަޙައްދުގެ ވިޔަފާރިތައް މުޅިން ހުއްޓި، ބާޒާރުތައް ވަނީ ފަޅުވެފައެވެ.
ސައިޑް އިސްރާއީލުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، އެއްވެ އުޅުން މަނާކޮށްފައެވެ.
1967 ވަނަ އަހަރު ޖެނޮސައިޑް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި ގުދުސްގެ މައްޗަށް ޖެނޮސައިޑް އިސްރާއީލުގެ އެއްވެސް ސިޔާދަތީ ބާރެއް ނެތް އިރު، އަލް-އަގްސާ މިސްކިތް ބަންދުކުރުމަކީ އާންމުކޮށް އިޒްރޭލުގެ ސަލާމަތީ ފިޔަވަޅުތަކުގެ ދަށުން، ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކާ ގުޅިގެން ހިނގާ ކަމެކެވެ.
މީގެ ކުރިން ކޮވިޑް-19 އާއި ގުޅިގެން ރޯދަމަހު ވެސް މިސްކިތް ބަންދުކޮށްފައިވެއެވެ. ޔަހޫދީންގެ ބަންދުތަކާއި ދިމާކޮށް މިސްކިތް ބަންދުކުރުމާއި، ހަމަލާތަކަށްފަހު ވަނުން މަނާކުރުން ފަދަ ކަންކަން ހިނގާފައިވެއެވެ.
ސަބަބުތައް ކަމަށް ވަނީ އިޒްރޭލް ސިފައިންނާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު ހިނގާ ކުރިމަތިލުންތަކާއި، ހަމަލާތައް، އަދި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުންނެވެ.
2020 ވަނަ އަހަރު ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޯދަމަހު މިސްކިތް ބަންދުކުރިއެވެ. ބައެއް ފަހަރު މުސްލިމުންނަށް ބަންދުކުރި ނަމަވެސް، ޔަހޫދީންނަށް ވަނުމުގެ ފުރުސަތު ދޭކަމަށެވެ. ރިޕޯޓްކޮށްފައިވެއެވެ. އަގްސާ މިސްކިތް ބަންދުކުރާ ދުވަސްވަރު ފަލަސްތީނުގެ ރައްޔިތުން ގިނައިން މަގުމަތީގައި ހުކުރު ނަމާދުކޮށް، އެފިޔަވަޅުތަކާ ދެކޮޅު ހަދައެވެ










