އިންޑިއާއިން ފުރަތަމަ ފަހަރަށް އެމްޕޮކްސްއަށް ޝައްކު ކުރެވޭ ވޭދަނައެއް ފެނިއްޖެއެވެ.
މްޕޮކްސްއަކީ އާންމުކޮށް މެދު އަދި ހުޅަނގު އެފްރިކާގައި ފެންނަ ބައްޔެއް ކަމަށްވާއިރު، މިދިޔަ އަހަރު މި ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުނެވެ. އަދި ގިނަ ޤައުމުތަކުގައި މި ބަލި ކޮންޓްރޯލްކުރެވިފައިވާ ކަމަށް ޞިއްޙީ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް މި ބަލީގެ އާ ވައްތަރެއް އަނެއްކާވެސް މިފަހަކުން ފެނި ހަލުވިކަމާއެކު މި ބަލި ފެތުރެން ފެށުމުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.
އިންޑިއާގެ ސިއްްހަތާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުން އެމްޕޮކްސްއަށް "ޝައްކުކުރެވޭ ވޭދަނައެއް" ފެނި އެ މީހާ އެކަހެރިކޮށްފައިވާ ކަމަށެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގައި ގޮތުގައި ފާހަގަކޮށްލެވޭ އިންޑިއާގައި މި ބައްޔާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމުގެ ޔަގީންކަންވެސް އެ ވުޒާރާއިން ދީފައި ވެއެވެ.
1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއިން އެމްޕޮކްސް ގެ އެއްވެސް ވޭދަނައެއް ފެނިފައެއް ނުވެއެވެ.
"އެމްޕޮކްސް މިހާރު ފެތުރެމުންދާ ގައުމަކުން ދާދި ފަހުން ދަތުރުކުރި ޒުވާން އެ ފިރިހެން މީހާއަކީ އެމްޕޮކްސް އަށް ޝައްކުކުރެވޭ ވޭދަނައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ،". އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަދި އެ މީހާ މިހާރު ވަނީ ކަނޑައެޅިފައިވާ ހޮސްޕިޓަލެއްގައި އެކަހެރިކޮށްފައިވާއިރު، އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށްވެސް ބުނެފައި ވެއެވެ.
އަދި އޭނާއަށް ޖެހުނީ "އެމްޕޮކްސް ކަށަވަރު ކުރުމަށް ސުންކު ޓެސްޓު ކުރަމުން އަންނަ" ކަމަށް އެ ބަޔާނުގައި ވެއެވެ.
އެމްޕޮކްސް ބަލި 2022 ވަނަ އަހަރު 100 އަށްވުރެ ގިނަ ޤައުމުތަކަށް ފެތުރުނު ނަމަވެސް، އެންމެ ގިނައިން ފެންނަނީ މެދު އަދި ހުޅަނގު އެފްރިކާގެ ޤައުމުތަކުގައެވެ. ނައިޖީރިއާ، ކޮންގޯ، ގާނާ އަދި ކެމަރޫން ފަދަ ޤައުމުތަކުގައި މި ބަލި އާންމުކޮށް ފެނެއެވެ.
އޭޝިއާ އާއި ޔޫރަޕުން ވެސް މިފަހަކުން އެމްޕޮކްސް ވަނީ ފެނިފައެވެ.