March 23, 2026
Advertisement
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މޯދިއާ ބައްދަލުކުރައްވަނީ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މޯދިއާ ބައްދަލުކުރައްވަނީ. / ރައީސް އޮފިސް

ރައީސް މުއިއްޒު ވަރަށް އަވަހަށް ސަލާމުގެ ނާށިގަނޑު ހިފައިން އިންޑިޔާއަށް ވަޑައިގެންނަވަނީ

Aishath Naja
އައިޝަތު ނަޖާ
Sep 10, 2024, 08:48 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް ސަލާމުގެ ނާށިގަނޑު ހިފައިގެން އިންޑިއާއަށް ރަސްމީ ދަތުރެއް ކުރައްވާނެކަން ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ހާމަކުރައްވައިފި އެވެ.

Advertisement

އެމަނިކުފާނު އިންޑިއާއަށް ވަޑައިގަންނަވާނެ ތާރީހެއް އަދި ނިންމާފައި ނުވެ އެވެ. އަދި, މި ދަތުރުގައި އެމަނިކުފާނާއެކު ވަޑައިގަންނަވާނީ ކޮން ބޭފުޅުންނެއް ކަމެއް މިހާތަނަށް އެނގިފައި ނުވެ އެވެ.

މުއިއްޒު އެންމެ ފަހުން އިންޑިއާއަށް ވަޑައިގަތީ ޖޫން 9ގައެވެ. އެއީ, ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ދާދިފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ. އެ ދަތުރުގައި ރައީސް މުއިއްޒުއާ ޖައިޝަންކަރު ވަނީ ބައްދަލުކުރައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved