ޕާކިސްތާނަށް 5.8 މެގްނެޓިއުޑްގެ ބާރުމިނުގައި ބިންހެލެމެއް އަތުވެއްޖެ ކަމަށް އެ ގައުމުން ރިޕޯޓް ކޮށްފިއެވެ.
މި ބިންހެލުމުގެ އަސަރު އުތުރު އިންޑިއާ، ޕާކިސްތާން އަދި އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކަށް ކޮށްފައިވާ ކަމަށް މައުލުމަތު ލިބެއެވެ.
މި ބިންހެލުމާއި ގުޅިގެން ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާއިރު، އިތުރު މާބޮޑު ތަފްސީލެއްވެސް ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިނުވެއެވެ.
މިއީ ދެ ހަފުތާގެ ތެރޭގައި ދިއްލީ އާއި އެ ސަރަހައްދުގެ ވަށައިގެންވާ ސަރަހައްދުތަކަށް ބިންހެލުމެއް އައި ދެވަނަ ފަހަރެވެ.