April 30, 2026
Advertisement
ޕޯލިއޯ ވެކްސިން
ޕޯލިއޯ ވެކްސިން / ސޯޝަލް މީޑިއާ

ޣައްޒާގައި ޕޯލިއޯގެ ފުރަތަމަ ދެ ޑޯޒް ދީފި

Aminath Zara
އައިމިނަތު ޒާރާ
Sep 14, 2024, 09:22 PM
މާލެ ސިޓީ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ހާމަކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ 10 އަހަރުން ދަށުގެ 560،000 އަށްވުރެ ގިނަ ކުދިންނަށް ޕޯލިއޯ ވެކްސިންގެ ފުރަތަމަ ދެ ޑޯޒް ދީފިއެވެ.

Advertisement

ސަހްޔޫނީން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުންތައް ލިބި ޕޯލިއޯ މުޅި ޣައްޒާގައި ދަނީ ފެތުރެމުންނެވެ.

އދގެ އެޖެންސީ (ޔޫއެންއާރްޑަބްލިވް)އިން ބުނީ ވެކްސިން ކެމްޕެއިންގެ ފުރަތަމަ މަރުހަލާގައި ޓާގެޓް ކުރި %90 ފުރިހަމަ ވެފައިވާ ކަަމަށެވެ. އަދި ވެކްސިން ދިނުމުގެ ދެވަނަ މަރުހަލާ ކުރިއަށް އޮތް 4 ހަފްތާ ތެރޭގައި ފަށާނެ ކަަމަށްވެސް ބުނެފައި ވެއެވެ.

މި ވެކްސިން ކެމްޕެއިން ކުރިއަށް ގެންގޮސްފައި ވަނީ ވަކި ވަގުތަކަކަށް ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑައިލަން ސަހްޔޫނީން އެއްބަސްވެގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ބަލި އެންމެ ފުރަތަމަ ޖެހިގެން ރިޕޯޓްކޮށްފައިވަނީ ފާއިތުވި އޯގަސްޓް މަހުގެ ތެރޭގައި 11 މަހުގެ ކުއްޖަކަށެވެ.

ޕޯލިއޯގެ ނުރައްކާ އާއްމުކޮށް ބޮޑީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނެވެ. މި ބަލީގެ ސަބަބުން މަރުގެ ޕެރެލައިޒްވުމާއި، މަރުވުންވެސް ގާތެވެ. މި ބައްޔަށް ފަރުވާއެއް ނެތްއިރު، މި ބައްޔަށް ރައްކާތެރރިވެވޭނީ ވެކްސިން ޖަހައިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved