April 30, 2026
Advertisement
ހަނގުރާމައިގެ ތެރެއިން
ހަނގުރާމައިގެ ތެރެއިން / ސޯޝަލް މީޑިއާ

ޔަމަނުން ސަހްޔޫނީންގެ ވެރިރަށަަށް ވަރުގަދަ ހަމަލާތަކެއް ދީފި

Aminath Zara
އައިމިނަތު ޒާރާ
Sep 15, 2024, 05:17 PM
މާލެ ސިޓީ

ސަރަހައްދީ ހަނގުރާމަ ބޮޑުތަނުން އިތުރުވެ، ޔަމަނުގެ ހޫތީން ސަހްޔޫނީންގެ ވެރިރަށް ޖެރޫސަލަމްގެ މިސައިލް ހަމަލާތަކެއް ދީފިއެވެ.

Advertisement

މި ހަމަލާއަކީ އީރާނުގެ ތާއީދާއެކު ހޫތީން ސީދާ ސަހްޔޫނީންނަށް އަމާޒުކޮށްފައިވާ ފުރަތަމަ ފަހަރެވެ. އިސްރާއީލުގެ ދިފާޢީ ނިޒާމުތައް ވަރުގަދަ ވުމުގެ ސަބަބުން މިސައިލްތަކުގެ މާބޮޑު ގެއްލުމެއް ނުވަތަ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިނުވެއެވެ.

ޔަމަން ސަރުކާރާ ދެކޮޅަށް ދާޚިލީ ހަނގުރާމައިގައި އުޅޭ ހޫތީން ވަނީ ޣައްޒާގައި ސަހްޔޫނީން ދާދިފަހުން ދިން ހަމަލާތަކާއި ޔަމަނުގައި ސައުދީ އަރަބިއްޔާގެ ކޯލިޝަނަށް ތާއީދު ކުރަމުންދާ ކަމަށް ބުނެ މި ހަމަލާގެ ޒިންމާ އުފުލާފައެވެ.

ލަފާ ކުރެވޭގޮތުގައި ޔަމަނުން މި ހަމަލާ ދިނުމަށް ބޭނުން ކުރީ ހަޓެމް-2 ހައިޕާސޮނިކް މިސައިކަލެވެ. މީގެ ކުރިން އަރަބި ކަނޑުގައި އެމްއެސްސީ އަރަވް ވީ އަށް ހަަމަލާ ދިނުމަށް އެ މީހުން މި މިސައިލް ބޭނުން ކޮށްފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved