April 30, 2026
Advertisement
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް / ސޯޝަލް މީޑިއާ

ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގައި ތިބި ފަލަސްތީނުގެ އާއިލާގެ 7 މީހަކު ޝަހީދުކޮށްލައިފި

Aminath Zara
އައިމިނަތު ޒާރާ
Sep 18, 2024, 02:59 AM
މާލެ ސިޓީ

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އާއިލާއެއްގެ ހަތް މީހަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

އާބާދީ ބޮޑު ޣައްޒާ ސިޓީގައި މިއަދު ހެނދުނު ދިން މި ހަމަލާ ގިނަ ބަޔަކު ކުށްވެރިކޮށް، އެ ސަރަހައްދުގައި ހަނގުރާމަ އިތުރުވަމުންދާތީ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާއިން ވަނީ މި ހަމަލާ އަމާޒުކޮށްފައިވަނީ "ޓެރަރިސްޓް އިންފްރާސްޓްރަކްޗާ" ސައިޓެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނަކަށް ކަމަށް ބުނެފައެވެ. ނަމަވެސް އެސަރަހައްދުގެ ބައެއް ފަރާތްތަކާއި އާއިލާގެ މީހުން ބުނަމުން ދަނީ އަމާޒުކުރި ގެއަކީ ހަނގުރާމަވެރި ހަރަކާތްތަކާ ގުޅިފައިވާ ގެއެއް ނޫން ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބައްޕައަކާއި މަންމައަކާއި އުމުރުން 4 އަހަރާއި 15 އަހަރާ ދެމެދުގެ ފަސް ކުދިންނެވެ.

މި ހަމަލާއާ ގުޅިގެން ފަލަސްތީނުގެ އޮފިޝަލުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ ހިތާމައާއި ނުރުހުން ފާޅުކޮށްފަ އެވެ. ފަލަސްތީނުގެ އޮތޯރިޓީން ވަނީ ވައިގެ ހަމަލާއަކީ "ގަސްދުގައި މީހުން މެރުމެއް" އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށް، އެ ހާދިސާ ވަގުތުން ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved