March 23, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ދިވެހި ސީ ޕޯޓަކީ ގައުމުގެ މިނިވަންކަމަށް މުހިއްމު އެސެޓެއް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 20, 2024, 04:00 AM
މާލެ ސިޓީ

ދިވެހި ސީ ޕޯޓަކީ ގައުމުގެ މިނިވަންކަމަށް މުހިއްމު އެސެޓެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ފްރޮންޓް އޮފީހުގައި މިރޭ އޮތް ޖަލްސާގައި ވާހަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ބައިނަލްއަގްވާމީ ޕޯޓު ވިއްކާލަން މި ސަރުކާރުން ވަރަށް މަސައްކަތްކުރަމުންދާ ކަމަށާ އޭގެ ނާޖާއިޒު ފައިދާ ނަގަނީ އިންޑިއާއިން ކަމަށެވެ.

އެގޮތުން އިންޑިއާއިން މަސައްކަތްކުރަނީ އެ ޕޯޓު އެ ގައުމުގެ ބާރުގެ ދަށަށް ގެެންގޮސް ރާއްޖެ އެ ގައުމުގެ މުށު ތެރެއަށް ލުމަށް ކަމަށާ އޭގެ ފަހަތުގައި އޮތް ސިއްރަކީ އިންޑިއާ ކަނޑުގައި އިންޑިއާގެ ހަންފެތުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޕޯޓު ވިއްކުމުގެ މަސައްކަތް ވަރަށް ސީރިއަސްކޮށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަޅުގަޑުމެން ބޭނުމެއް ނޫން އަޅުގަޑުމެންގެ ހުރިހާ އެސެޓުތަކެއް ވިއްކާކަށް. އަދި މިއީ ސްޓްރެޓީޖްކްލީ ވަރަށް މުހިއްމު އެސެޓެއް. ހަމައެކަނި ލާރި އުފެއްދުމެއް ނޫން މުހިއްމީ. ގައުމުގެ މިނިވަންކަމަށް ވަރަށް މުހިއްމު އެސެޓަކަށް މިވަނީ، މި ސަރަހައްދުގެ މިނިވަންކަމަށް ވަރަށް މުހިއްމު އެސެޓަކަށް މިވަނީ. ޓެކްޓިކަލް އެސެޓްސް މިއީ. ނޮޓް އިކޮނޮމިކަލް ރިސޯސް އޮންލީ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޕޓޯ ވިއްކާލަނީ ފިލިޕިންސްގެ ކުންފުންޏަކަށޭ ބުނި ކަމުގައިވީ ނަމަވެސް އޭގެ ފަހަތުގައި އިންޑިއާ އޮންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕޯޓު ދިވެހިން އަތުން ގެއްލޭ ހިސާބުން ރާއްޖެއަކީ ސީ ލޮކްޑް ގައުމަކަށް ވެގެންދާނެ ކަމަށާ އެއާއެކު ރާއްޖޭގެ ސިޔާދަތީ ބާރު ދިވެހިން އަތުން ބީވެގެން ދާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved