
ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.
ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު، އެކްސްގައި ހާމަކުރައްވާފައިވާ ގޮތުގައި މިރޭގެ ޖަލްސާ ވަަރަށް ފޯރި ގަދަވާނެ ކަމަށާ ގައުމު ދެކެ ލޯބިވާ، ރައީސް ޔާމީންގެ ސިޔާސަތަށް ތާއީދުކުރައްވާ ވީހާ ވެސް ގިނަ ަބަޔަކު އެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށެވެ.
ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:45 ގައި އެ ޕާޓީގެ އޮފީސް، "ފްރޮންޓް އޮފީސް" ގައެވެ. މި ޖަލްސާގައި ޤައުމީ މަޞްލަޙަތާއި ގުޅުންހުރި މުހިންމު ކަންތައްތަކަކަށް މަޝްވަރާކުރުމަށް ހަމަޖެހިފައވާ ކަމަށް އެ ޕާޓީން މަޢުލޫމާތު ދެއެވެ.
ފްރޮންޓް އޮފީހުގައި ސިލްސިލާކޮށް ބާއްވަމުންދާ މި ޖަލްސާތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ. ރައީސް ޔާމީންގެ ބައިވެރިވެވަޑައިގަތުމާއެކު ބާއްވާ މިފަދަ ޖަލްސާތަކުގައި ޤައުމުގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވެއެވެ.
މި ފަހަކަށް އައިސް ބާއްވާ ކޮންމެ ޖަލްސާއަކަށްވެސް ގިނަ އަދަދެއްގެ ބަޔަކު ޙާޟިރުވަމުންދާއިރު، މިރޭގެ ޖަލްސާއަކީވެސް ފޯރިގަދަ ޖަލްސާއަކަށް ވާނެ ކަމަށް ބެލެވެއެވެ.










