June 26, 2026
Advertisement
ތޫފާންގެ އަސަރު ކޮށްފައިވާ ސަރަހައްދު
ތޫފާންގެ އަސަރު ކޮށްފައިވާ ސަރަހައްދު / ސޯޝަލް މީޑިއާ

ތޫފާން ޔާގީގެ ސަބަބުން މިޔަންމާގައި 384 މީހުން މަރުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Sep 22, 2024, 08:27 PM
މާލެ ސިޓީ


ތޫފާން ޔާގީއާ ގުޅިގެން މިޔަންމާގައި މަރުވި މީހުންގެ އަދަދު 384 އަށް އަރާފައިވާ ކަމަށާއި 89 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

Advertisement

ތޫފާން ޔާގީއާ ގުޅިގެން މިޔަންމާގައި މިހާތަނަށް 887،000 މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އދ އިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތައް އަދިވެސް ފެން ބޮޑުވެފައި، ގެދޮރާއި ގޭބިސީގެ މުދަލާއި ފެނުގެ ވަސީލަތްތަކާއި ކަރަންޓުގެ އިންފްރާސްޓްރަކްޗާ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް އދ.ގެ ހިއުމެނިޓޭރިއަން އެޖެންސީ (އޯސީއެޗްއޭ) އިން ބުނެފައިވެއެވެ.

އަދި މަގުތަކާއި ބްރިޖާއި މުވާސަލާތީ ނެޓްވޯކްތަކާއި ސްކޫލްތަކާއި ޕަބްލިކް ސާވިސް ފެސިލިޓީތަކާއި ދީނީ ތަންތަނާއި ދަނޑުތަކާއި ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ނުވަތަ މުޅިން ހަލާކުވެފައި ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved