June 26, 2026
Advertisement
ޒަޚަމްވެފައިވާ ފަރާތެއް
ޒަޚަމްވެފައިވާ ފަރާތެއް / ނިއުޔޯކް ޓައިމްސް

ޣައްޒާގެ ސްކޫލަކަށް އަމާޒުކޮށް ސަހްޔޫނީން ހަމަލާދީފި

Aminath Zara
އައިމިނަތު ޒާރާ
Sep 27, 2024, 01:25 AM
މާލެ ސިޓީ

ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ހަފްސާ އަލް ފަލޫޖާ ސްކޫލަކަށް ނިރުބަވެރި ސަހްޔޫނީންގެ ބޮމުގެ ހަމަލާއެއް އަމާޒުވެއްޖެއެވެ.

Advertisement

މި ހަމަލާގައި މިހާތަނަށް 07 މީހަކު ޝަހީދުވެފައިވާއިރު ގިނަ ބަޔަކު ވަނީ ޒަޚަމްވެފައިކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ސަހްޔޫނީންގެ ޗެނަލް14 އިން ރިޕޯޓްކޮށްފައިވާގޮތުގައި މި ހަމަލާ ދިން ސްކޫލަކީ އަލް ޤަސަމް ބްރިގޭޑްސްގެ ހަނގުރާމަވެރިން ތިބި ތަނެކެވެ.

ޣައްޒާގެ މީޑިޔާ އޮފީހުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ސަހްޔޫނީން މިހާތަނަށް ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅެމުންދާ 181 ސެންޓަރަށް ބޮން އަޅާފައިވާ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލްގެ ރައްޔިތުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުގައި ގާތްގަނޑަކަށް %85 ސްކޫލް އިމާރާތްތަކަށް ވަނީ ގެއްލުން ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved