March 12, 2026
Advertisement
ނޭޕާލް
ނޭޕާލް / އަލްޖަޒީރާ

ނޭޕާލްއަށް ކުރަމުންދާ ވިއްސާރައިގައި 193 މީހަކު މަރުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Sep 30, 2024, 09:11 PM
މާލެ ސިޓީ

ހުއްޓުމެއް ނެތި ނޭޕާލްއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ މިހާތަނަށް 193 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

Advertisement

ނޭޕާލްގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ވިއްސާރައިގައި 31 މީހަކު ވަނީ ގެއްލިފައެވެ. އަދި 4،000 އަށް ވުރެ މީހުން ވަނީ ހެލިކަޕްޓަރާއި ބޯޓު ފަހަރު ބޭނުންކޮށްގެން ސަލާމަތްކޮށްފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

އެ ގައުމުގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި ކަތުމަންޑޫ ވާދީއަށް ހޮނިހިރު ދުވަހުގެ ހެނދުނުގެ ނިޔަލަށް 240 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދެކުނު އޭޝިއާގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތައް ދިމާވެ އެކި ފަރާތްތަކަށް ގެއްލުން ލިބިފައިވާކަމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved