March 10, 2026
Advertisement
ފްލޮރިޑާ
ފްލޮރިޑާ / ސޯޝަލް މީޑިއާ

އެމެރިކާގެ ފްލޮރިޑާއަށް އަލިފާނުގެ ތޫފާނެއް އަރައިފި

Aminath Zara
އައިމިނަތު ޒާރާ
Oct 11, 2024, 01:32 AM
މާލެ ސިޓީ

ސަހްޔޫނީން ޣައްޒާގެ މުސްލިމުން، ގަސްދުގައި އަނިޔާކޮށް ހައްދެއްނެތި މަރަމުންދާ އިރު މަދަދާއި ހަތިޔާރު ފޮނުވާއި މަދަދުވެރިވާ އެމެރިކާގެ ފުލޮރިޑާއަށް އަލިފާނުގެ ތޫފާނެއް އަރައިފިއެވެ.

Advertisement

ކެޓަގަރީ ތިނެއްގެ ތޫފާނެއްގެ ގޮތުގައި ތޫފާން މިލްޓަން އަރާފައިވަނީ އިއްޔެ ރޭ 8:30 ހާއިރު ސަރަސޯޓާ ކައިރީގައި އޮންނަ ބެރިއާ އައިލެންޑެއް ކަމަށްވާ ފްލޮރިޑާގެ ސިއެސްޓާ ކީ ކައިރިންނެވެ.

ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނީ ތޫފާން މިލްޓަން މިއަދު ހެނދުނު މޫދަށް އެރުމާ އެކު އިންޒާރުތަކާއި އެލާޓްތައް ދަށްކޮށްފައިވާ ކަމަށެވެ.

ފްލޮރިޑާގެ އެޓްލާންޓިކް އައްސޭރިފަށުގައި އޮންނަ ސެއިންޓް ލޫސީ ކައުންޓީގައި ހަތަރު މީހަކު މަރުވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާއަކީ މުސްލިމުން ނަމާދުތަކުގަޔާއި ކޮންމެ ހުކުރު ޚުތްބާއެއްގައި އެކުރަމުންދާ ދުއާތަކުގެ ކޯފާއެއްތޯ ސަހްޔޫނީންވެސް ސުވާލު އުފައްދަމުންދާ ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާ އަކީ ސަހްޔޫނީން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި އެގައުމަށް އެންމެ ބޮޑަށް ވާގިވެރިވާ އެއް ގައުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved