March 12, 2026
Advertisement
ވެކްސިން ޖެހުމުގެ ތެރެއިން
ވެކްސިން ޖެހުމުގެ ތެރެއިން / ސޯޝަލް މީޑިއާ

ޣައްޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ދެވަނަ ބުރު އަންނަ ހޯމަ ދުވަހު ފަށަނީ

Aminath Zara
އައިމިނަތު ޒާރާ
Oct 12, 2024, 09:08 PM
މާލެ ސިޓީ

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އަންނަ ހޯމަ ދުވަހުން ފެށިގެން ޕޯލިއޯ ވެކްސިންގެ ދެވަނަ ބުރު ޣައްޒާގެ މެދު ތެރޭގެ ސަރަހައްދުތަކުގައި ފަށާނެއެވެ.

Advertisement

10 އަހަރުން ދަށުގެ ކުދިންނަށް ތިން ދުވަހުގެ މުއްދަތަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު، އިތުރު އެއް ދުވަހަށް ވެކްސިން ޖެހުމުގެ ފުރުސަތު އޮތް ކަމަށް އެ ވުޒާރާއިން މައުލޫމާތު ހާމަކޮށްފައިވެއެވެ.

ވެކްސިން ދިނުމުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު މަހު ކުރިއަށް ގެންގޮސް، ގިނަ ކުދިންނަށް ކާމިޔާބު ކަމާއެކު ވަނީ ވެކްސިން ދީފައެވެ. މީގެ 20 ވަރަކަށް އަހަރު ކުރިން އެންކްލޭވްއިން ނައްތާލެވުނު މި ވައިރަސް އެނބުރި އައީ ސަހްޔޫނީންގެ އަސްކަރީ ހަމަލާތަކުގެ ސަބަބުން އުފެދިފައިވާ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ.

މިވަގުތު ޣައްޒާގެ މެދުތެރޭގައި ވެކްސިން ޖަހަން ހަމަޖެހިފައިވާއިރު، އެތައް ލައްކަ ބަޔަކު ވަނީ އަދިވެސް ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ސަލާމަތްވެވޭނެ ގޮތެއް ނެތިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved