March 11, 2026
Advertisement
މައްކާގައި ފެން ބޮޑުވުން
މައްކާގައި ފެން ބޮޑުވުން / ގަލްފް ޓައިމްސް

މައްކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Oct 12, 2024, 10:18 PM
މާލެ ސިޓީ

މައްކާއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، އެ ސިޓީއާއި ވަށައިގެންވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެއެވެ.

Advertisement

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ވިއްސާރައިގެ ބާރު ގަދަވެފައިވާއިރު، މުޅި ސަރަހައްދުގެ ވިޒިބިލިޓީ ދަށްވެ، ވިއްސާރައިގެ ރާޅެއް ފެތުރެން ފެށިފައިވެއެވެ.

ސައުދީގެ މޫސުމާ ބެހޭ ގައުމީ މަރުކަޒުން މީގެ ކުރިން ވަނީ މައްކާ، ޖިޒާން، އާސިރު، އަލް ބަހާ އަދި މަދީނާގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ އާދައިގެ ވަރަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އެލާޓް ނެރެފަ އެވެ.

މީގެ އިތުރުން އިރުމަތީ ޕްރޮވިންސްގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ތަބުކްގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ.

ބުރާސްފަތި ދުވަހު އައި ތޫފާނުގެ ސަބަބުން މައްކާގެ ބައެއް ވާދީތަކާއި ތިރި ސަރަހައްދުތަކުގައި ފެންބޮޑުވެ، އާންމުންނާއި ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved