March 11, 2026
Advertisement
ހާލުގައި ޖެހިފައިވާ ފަރާތްތައް
ހާލުގައި ޖެހިފައިވާ ފަރާތްތައް / އަލްޖަޒީރާ

ދުނިޔޭގެ އެކި ގައުމުތަކުގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުވާލެއްގެ މައްޗަށް 21،000 މީހުން ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވޭ: އޮކްސްފާމް

Aminath Zara
އައިމިނަތު ޒާރާ
Oct 17, 2024, 06:17 PM
މާލެ ސިޓީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބަނޑުހައިހޫނުކަން ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށް އޮކްސްފާމްގެ އާ ރިޕޯޓެއްގައި ބުނެފި އެވެ.

Advertisement

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި އިނގިރޭސިވިލާތުގެ ޗެރިޓީން ބުދަ ދުވަހު ޝާއިއުކުރި ރިޕޯޓުގައިވާ ގޮތުން ހަމަނުޖެހުންތައް ހިނގަމުންދާ ގައުމުތަކުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ދުވާލެއްގެ މައްޗަށް 7،000 އާއި 21،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވުމުގެ ފުރުސަތު އެބައޮތެވެ.

"ފުޑް ވޯޒް" ގެ ނަމުގައި ކުރިއަށް ގެންދާ މި ދިރާސާގައި ހަމަނުޖެހުންތައް ހިނގަމުންދާ 54 ގައުމެއް ދިރާސާކޮށް، ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށްވެފައިވާ 281.6 މިލިއަން މީހުންގެ ތިބި ކަމަށް ބުނެފައިވެ އެވެ. ހަނގުރާމަތަކަކީ މިކަމަށް މަގުފަހިވާ އެންމެ ބޮޑު އެއްކަން ގޮތުގައި ފާހަގަކޮށް، މިހާރު ރެކޯޑް އަދަދަކަށް ނަންބަރުތައް ގޮސްފައިވާ ކަމަށް މި ދިރާސާއިން ދައްކައެވެ.

އޮކްސްފާމް އިން ބުނީ ބަނޑުހައިހޫނުކަން އިތުރުވަނީ ހަމައެކަނި ހަމަނުޖެހުންތަކުގެ ސަބަބުން ނޫން ކަމަށާއި ހަނގުރާމަވެރި ފަރާތްތަކުން ކާބޯތަކެއްޗާއި ފެނާއި ހަކަތައިގެ ތަންތަނަށް އަމާޒުކޮށް ކާބޯތަކެތީގެ އެހީ އަށް ހުރަސް އަޅައި ހަތިޔާރެއްގެ ގޮތުގައި ކާބޯތަކެތި އަމަލީ ގޮތުން ބޭނުން ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved