March 11, 2026
Advertisement
ޒެލެންސްކީ
ޒެލެންސްކީ / ސީ.އެން.އެން

ހަނގުރާމައިގައި ރަޝިޔާއަށް އެހީވުމަށް އުތުރު ކޮރެއާއިން ސިފައިން ފޮނުވަމުންދާ ކަމަށް ޒެލެންސްކީ ތުހުމަތުކުރައްވައިފި

Aminath Zara
އައިމިނަތު ޒާރާ
Oct 17, 2024, 01:38 AM
މާލެ ސިޓީ

ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވުމަށް އުތުރު ކޮރެއާއިން ހަމައެކަނި ހަތިޔާރުގެ އިތުރުން ސިފައިން ވެސް ފޮނުވަމުންދާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ތުހުމަތު ކުރައްވައިފިއެވެ.

Advertisement

އާދީއްތަ ދުވަހުގެ ރޭ ދެއްވި ވީޑިއޯ ތަގުރީރުގައި ޒެލެންސްކީ ވިދާޅުވީ ރަޝިއާ އާއި އުތުރު ކޮރެއާ ފަދަ ސަރުކާރުތަކާ ދެމެދު ކޯލިޝަން އިތުރުވަމުންދާތަން ފެންނަ ކަމަށެވެ. "މިއީ މިހާރު ހަމައެކަނި ހަތިޔާރު ޓްރާންސްފާ ކުރުން ނޫން. ހަގީގަތުގައި އެއީ އުތުރު ކޮރެއާއިން މީހުން އަތުލާ އަސްކަރީ ފައުޖުތަކަށް ބަދަލުކުރުމެވެ." ޒެލެންސްކީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަޝިއާގެ އިއްތިހާދުތައް އިތުރަށް ބަދަހިވަމުންދާތީ ޔޫކްރެއިން އާއި އެ ގައުމުގެ ބައިވެރިންގެ ރައްދު ވަރުގަދަ ކުރަން ޖެހޭ ކަމަށާއި ބޮޑު ހަނގުރާމައެއް ހުއްޓުވުމަށް އަސްކަރީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން، ފްރޮންޓް ލައިންއަށް އިތުރު އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ އެތެރޭގެ އަސްކަރީ އަމާޒުތަކަށް ހަމަލާދިނުމަށް ދިގު ރާސްތާގެ މިސައިލް ތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަށާއި ހަނގުރާމައިގެ ގާބިލްކަން ކުޑަކުރުމަށް ޔޫކްރެއިންގެ އެކުވެރިންގެ ކިބައިން ޒެލެންސްކީ ހުށަހެޅުއްވި އެދުމަކީ މިހާތަނަށް ނާކާމިޔާބުވެފައިވާ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved