March 11, 2026
Advertisement
ސުންނާފަތިވެފައިވާ ޣައްޒާގެ ސަރަހައްދެއް
ސުންނާފަތިވެފައިވާ ޣައްޒާގެ ސަރަހައްދެއް / ތޭރަ އޮންލައިން

ސަހްޔޫނީންގެ ހަމަލާއެއްގައި ޣައްޒާގެ އުތުރުގެ ސްކޫލެއްގައި 19 މީހަކު ޝަހީދުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Oct 17, 2024, 10:13 PM
މާލެ ސިޓީ

ސަހްޔޫނީންގެ ހަމަލާއެއްގައި ޣައްޒާގެ އުތުރުގެ ސްކޫލެއްގައި 19 މީހަކު ޝަހީދުވެއްޖެއެވެ.

Advertisement

މި ހަމަލާގައި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 19 މީހަކު ޝަހީދުވެފައިވާއިރު ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާގެ އުތުރުގެ ޖަބަލިއާގައި ގެދޮރު ގެއްލިފައިވާ މީހުން ހިޔާކޮށްދޭ ޔޫއެންއާރުޑަބްލިއުއޭ ސްކޫލަށެވެ.

ސަހްޔޫނީންގެ ސިފައިން ވަނީ ލުބުނާނުގެ އިރުމަތީގައި އޮންނަ ބެކާ ސަރަހައްދުގެ ބައެއް ދޫކޮށްލާނެ ކަމުގެ އިންޒާރުދީ، އެ ސަރަހައްދަށްވެސް ހަމަލާތައް އަމާޒުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ޣައްޒާގެ ކަމާލް އަދުވާން، އަލްއައުދާ އަދި އިންޑޮނޭޝިއާގެ ހޮސްޕިޓަލްތަކުގެ މުވައްޒަފުން ބުނާ ގޮތުގައި އެ ސަރަހައްދުގެ އުތުރުގައި އޮންނަ ޖަބަލިއާ ސަރަހައްދު ސަހްޔޫނީން ވަށާލާފައިވާތާ 13 ދުވަސް ވެފައިވާކަމަށާއި ކާބޯތަކެތި ހުސްވަމުން އަންނަ ކަމަށެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނާ ގޮތުގައި ސަހްޔޫނީން ޖަބަލިއާ އަށް ބޮން ގޮއްވާލުމުން ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލާފައި ތިބި ދިހަވަރަކަށް މީހުންގެ ހަށިގަނޑު ހޯދިފައިނުވެއެވެ.

ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ސަހްޔޫނީން ދިން ހަމަލާތަކުގައި 42،438 މީހުން މަރުވެ 99،246 މީހުން ޒަޚަމްވެފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ސަހްޔޫނީންނަށް ދިން ހަމަލާތަކުގައި މަދުވެގެން 1،139 މީހުން މަރުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved