June 26, 2026
Advertisement
ޖަނާޒާގެ ތެރެއިން
ޖަނާޒާގެ ތެރެއިން / އަލްޖަޒީރާ

ނައިޖީރިއާގައި ފިއުލް ޓޭންކަރެއް ގޮވައިގެން މަރުވި 150 އަށް ވުރެ ގިނަ މީހުންގެ ޖަނާޒާ ބާއްވައިފި

Aminath Zara
އައިމިނަތު ޒާރާ
Oct 17, 2024, 11:18 PM
މާލެ ސިޓީ

ނައިޖީރިއާގެ ހުޅަނގު އުތުރުގައި ފިއުލް ޓޭންކަރެއް ގޮވައިގެން މަރުވި 150 އަށް ވުރެ ގިނަ މީހުންގެ ޖަނާޒާތައް ކުރިއަށްދާއިރު، ގިނަ ބަޔަކު މަރުވެފައި ވަނީ މަގުމައްޗަށް ފޭބި ޕެޓްރޯލް އެއްކުރަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

 އަބޫޖާއިން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ އަހުމަދު އިދުރީސް ބުރާސްފަތި ދުވަހު ވިދާޅުވީ ކާރިސާގައި މަރުވި މީހުންގެ އަދަދު 157 އަށް އަރާފައިވާ ކަމަށާއި ޖިގާވާ ސްޓޭޓްގެ ސިއްހީ ހިދުމަތްތެރިން ބުނީ 100 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު ލަވާން ޝިއިސޫ އާދަމް ވިދާޅުވީ ގަދީމީ ސިޓީ ކާނޯ އިން އުތުރުގެ ޔޯބޭ ސްޓޭޓަށް ދަތުރުކުރަމުން ދަނިކޮށް ވެރިރަށް އަބޫޖާގެ އުތުރުން ގާތްގަނޑަކަށް 530 ކިލޯމީޓަރު ދުރުގައި އޮންނަ މަޖިޔާ ޓައުން ކައިރިން ޓޭންކަރުގެ ކޮންޓްރޯލް ގެއްލިގެން ދިޔަ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved