March 12, 2026
Advertisement
ޣައްޒާ
ޣައްޒާ / އޭއެފްޕީ

ޣައްޒާގެ ޖަަބަލިއާގެ ސްކޫލަކަށް ސަހްޔޫނީން ބޮން އަޅައި 15 މީހަކު ޝަހީދުކޮށްލައިފި

Aminath Zara
އައިމިނަތު ޒާރާ
Oct 19, 2024, 05:09 AM
މާލެ ސިޓީ

ސަހްޔޫނީންގެ އަސްކަރިއްޔާއިން ޣައްޒާގެ ޖަބަލިއާގައި ހުންނަ ސްކޫލަކަށް ބޮން އަޅައި ފަސް ކުޑަކުދިން ހިމެނޭހެން 15 މީހަކު ޝަހީދުކޮށްލައިފި އެވެ.

Advertisement

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލް މެދަތު އައްބާސް ރޮއިޓާސްއަށް ވިދާޅުވީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާގައި ހުންނަ އަބޫ ހުސައިން ސްކޫލަކީ ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެމުން އައި ސްކޫލެއް ކަމަށެވެ.

އެ ހަމަލާގައި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށާއި އަލިފާން ނިއްވަން ފެން ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ބުނީ ހަމަލާ އަމާޒުކޮށްފައި ވަނީ އެ ސަރަހައްދަށް އެއްވި ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިންނަށް ކަމަށެވެ.

ހަމަލާދިން ސްކޫލުގައި ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ތިބި ކަމަށް ޔަހޫދީން ކުރާ ތުހުމަތު ހަމާސްއިން ވަނީ ދޮގުކޮށްފައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved