March 12, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިސްރާއީލުގެ ރައްޔިތުންނަށް ހަމަލާދޭން ރޭވި ކަމަށް ބުނެ ސްރީލަންކާއިން ދެ މީހަކު ހައްޔަރުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Oct 24, 2024, 09:27 PM
މާލެ ސިޓީ

ރާއްޖޭގައި ތިބި އިސްރާއީލުގެ ރައްޔިތުންނަށް ހަމަލާދޭން ރާވާފައިވާ ކަމުގެ ތުހުމަތުގައި ސްރީލަންކާ ޕޮލިސްގެ ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަނުން ދެ މީހަކު ހައްޔަރުކޮށްފި އެވެ. ރަތްމަލާނާ ސަރަހައްދުން ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން އެކަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ މީހެއް ކަމަށްޝައްކު ކުރެވޭ ކަމަށް ބުނެފައިވެއެވެ.

Advertisement

އަރޫގަން ބޭގައި ހަމަލާ ދޭން ރާވާފައިވާކަން އެގައުމުގެ ސަލާމަތީ ބާރުތަކަށް އިންޑިއާގެ ޖާސޫސީ އިދާރާތަކުން އެންގާފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން އާރޫގަމް އަށް ދަތުރުކުރުމާ ގުޅޭ ގޮތުން ނެރުނު ޓްރެވަލް އެޑްވައިޒަރީއަކާ ގުޅިގެން އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން ވަނީ އަވަސް ނޯޓިސްއެއް ނެރެފަ އެވެ. އެ ނޯޓިސްގައި ވަނީ މިހާރު ލަންކާގެ އަރުގަމް ސަރަހައްދުގައި ތިބި ހުރިހާ އިސްރާއީލުން ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން ވަގުތުން ފުރައިގެން ދިއުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved