March 11, 2026
Advertisement
ޝަހީދުވި ނޫސްވެރިން
ޝަހީދުވި ނޫސްވެރިން / އަލްޖަޒީރާ

ލުބުނާނުގައި ސަހްޔޫނީން ދިން ހަމަލާއެއްގައި ތިން ނޫސްވެރިއަކު ޝަހީދުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Oct 25, 2024, 06:34 PM
މާލެ ސިޓީ

ސަހްޔޫނީންގެ އަސްކަރިއްޔާއިން ލުބްނާނަށް ދިން ހަމަލާއެއްގައި ލުބުނާނުގެ ތިން ނޫސްވެރިއަކު ޝަހީދުވެއްޖެއެވެ.

Advertisement

މި ހަމަލާ ދިން އިރު އެ ނޫސްވެރިން ތިބީ އެމީހުންގެ އެކަމޮޑޭޝަންގައި ނިދާފައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން، ރޭ ފަތިހު 4:00 އެހާކަންހާއިރު ހަސްބައިއްޔާގެ ގިނަ ނޫސްވެރިން ތަކެއް ދިރިއުޅޭ ކޮމްޕައުންޑަށް ދިން މި ވައިގެ ހަމަލާގައި ދެ ކެމެރާމަނަކާއި ޓެކްނީޝަނަކުވެސް ވަނީ ޝަހީދުވެފައެވެ.

ޕެން އަރަބް ޓީވީ ޗެނަލުން ބުނީ ޝަހީދުވެފައިވަނީ ކެމެރާމަން ޣައްސާން ނައްޖާރާއި އަލް މަޔާދީންގައި މަސައްކަތް ކުރާ އިންޖިނިއަރު މުހައްމަދު ރެދާ ކަމަށެވެ. ހިޒްބުاللهއާ ގުޅިފައިވާ އަލް މަނާރު ޓީވީން ބުނީ އެ ޓީވީގެ ކެމެރާ އޮޕަރޭޓަރު ވިސާމް ޤާސިމް ވެސް ޝަހީދުވެފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ތިބި އާންމުން ބުނެފައިވާ ގޮތުގައި އެ މީހުން ނިދާފައި އޮތް އެކަމޮޑޭޝަން އަށް ސީދާ ހަމަލާ އަމާޒުކޮށްފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved