March 12, 2026
Advertisement
ތޫފާންގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދުތައް
ތޫފާންގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދުތައް / އަލްޖަޒީރާ

ތޫފާން ޓްރާމީގައި ފިލިޕީންސްއިން 136 މީހުން މަރުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Oct 28, 2024, 08:38 AM
މާލެ ސިޓީ

ތޫފާން ޓްރާމީގައި ފިލިޕީންސް އިން މަރުވި މީހުންގެ އަދަދު 100 އަށް އަރާފައިވާ ކަމަށް އެ ގައުމުން ރިޕޯޓްކޮށްފިއެވެ.

Advertisement

ފިލިޕީންސްގެ ސަލާމަތީ ފަރާތްތަކުން ދަނީ ލޭކަކަށް ފީނައިގެންގެއްލިފައިވާ މީހުންތައް ހޯދުމަށް ކަމަށް އެ ގައުމުން ބުނެއެވެ.

މެނިލާގެ ދެކުނުގައި އޮންނަ ބަޓަންގާސް ޕްރޮވިންސްގައި މިއަދުގެ ނިޔަލަށް މަރުވި މީހުންގެ އަދަދު 55 އަށް އަރާފައިވާ ކަމަށް ޕްރޮވިންސްގެ ޕޮލިސް ޗީފް ޖެސިންޓޯ މަލިނާއޯ އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވެއެވެ.

ފިލިޕީންސްއަށް ކުރިމަތިވި މި ތޫފާނަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމަށް މި އަހަރު އައި އެންމެ ނުރައްކާތެރި ތޫފާންތަކުގެ ތެރޭގައި ހިމެނޭ ތޫފާނެވެ.

މި ތޫފާނުގެ ސަބަބުން ބައި މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހުނު ކަމަށާއި އިތުރު 36 މީހަކު ގެއްލިފައިވާ ކަމަށް ގައުމީ ކާރިސާތަކާ ބެހޭ އިދާރާއިން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved