March 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ތޫފާން ޑާނާ ގެ ސަބަބުން އިންޑިއާގެ އިރުމަތީ ސަރަހައްދުގެ އެތައް ހާސް ބަޔަކު ސަލާމަތީ ހިސާބުތަކަށް ބަދަލުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Oct 28, 2024, 08:38 AM
މާލެ ސިޓީ

ހުކުރު ދުވަހު އިންޑިއާގެ އިރުމަތީގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ، ތޫފާނަކަށް ބަދަލުވެ އޭގެ ސަބަބުނެ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކުރުމަށް ވަނީ ފަށާފައެވެ.

Advertisement

ތޫފާން ޑާނާ، އޮޑިޝާ ސްޓޭޓްގެ އުތުރު އައްސޭރިފަށަށް އަރާފައިވަނީ އެޓްލާންޓިކް ބޭސިންގައި އުފެދިފައިވާ ތޫފާނަކާ އެއްވަރުގެ ތޫފާނެއްގެ ގޮތުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 110 ކިލޯމީޓަރު (70 މޭލު) ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ޖޮއިންޓް ޓައިފޮން ވޯނިން ސެންޓަރު (ޖޭޓީޑަބްލިއުސީ) އިން ވަނީ ބުނެފި އެވެ.

ކޮލްކަތާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 250 ކިލޯމީޓަރު (155 މޭލު) ދުރުގައި އުފެދިފައިވާ މި ތޫފާން އުތުރާއި ހުޅަނގު އުތުރުން ގަޑިއަކު 12 ކިލޯމީޓަރު (8 މޭލު) ބާރުމިނުގައި ވަނީ ދަތުރުކޮށްފައެވެ.

އޮޑިޝާ އާއި ވެސްޓް ބެންގާލް ސްޓޭޓަށް 50-150 މިލިމީޓަރު (2-6 އިންޗި) އާ ދެމެދުގެ އަދަދަކަށް ވާރޭ ވެހިފައިވާ އިރު، އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ޗަންދްބާލީ އަވަށުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved