theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ނަް ގާސިމް / އަލްޖަޒީރާ
ދުނިޔެ
ހަސަން ނަސްރުاللهގެ ބަދަލުގައި ހިޒްބުالله އިން އާ ލީޑަރަކަށް ނާއިމް ޤާސިމް ހޮވައިފި
Aminath Zara
އައިމިނަތު ޒާރާ
29 އޮކްޓޯބަރު 2024
މާލެ ސިޓީ

ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ސަހްޔޫނީން އަވަހާރަކޮށްލި ޒަމާންވީ ވެރިޔާ ހަސަން ނަސްރުاللهގެ ބަދަލުގައި އެ ޖަމާއަތުގެ އާ ލީޑަރަކަށް ނާއިމް ޤާސިމް ކަމަށް އިއުލާނުކޮށްފައެވެ.

ހިޒްބުاللهގެ ނިންމުންތައް ނިންމުމުގެ މައި އިދާރާ، ޝޫރާ ކައުންސިލުން އެއްބަސްވީ 1991 ވަނަ އަހަރުން ފެށިގެން ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަމަޖެއްސުމަށް ކަމަށް އެ ގްރޫޕުން މިއަދު ބުނެފައިވެ އެވެ.

އުމުރުފުޅުން 70 އަހަރުފުރިފައިވާ އަދި ކެމިސްޓްރީ ކިޔަވައިދެއްވަމުން ގެންދެވި ޤާސިމް އަކީ އާ ލީޑަރުކަމަށް ހޮވޭނެ ކަމަށް ގިނަ މީހުން ހީކުރި މީހާ ނޫނެވެ. ގިނަ ތަޖުރިބާކާރުން ހީކުރީ އައްޔަނު ކުރެވޭނީ ނަސްރުاللهގެ އާއިލާ ފަރާތެއް ކަމުގައިވާ ހާޝިމް ސަފީދީން ކަމަށެވެ. ނަމަވެސް އޮކްޓޫބަރު މަހުގެ ކުރީކޮޅު އިޒްރޭލުން ބެއިރޫތަށް ދިން ވައިގެ ހަމަލާއެއްގައި އޭނާ ވަނީ މަރުވެފަ އެވެ.

ލަންޑަންގެ ތިންކް ޓޭންކެއް ކަމަށްވާ ޗަތަމް ހައުސްގެ އެސޯސިއޭޓް ފެލޯ ލީނާ ޚަތީބު ވިދާޅުވި ގޮތުގައި ޤާސިމްގެ އިންތިޚާބަކީ ހިޒްބުالله އާއި އެޖަމާއަތަށް ތާއީދުކުރާ އީރާނަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ.

އޭނާއަކީ ހިޒްބުاللهގެ ބާކީ ތިއްބެވި ލީޑަރުންގެ ތެރެއިން ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު އަދި އެންމެ އާންމުކޮށް ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށް ޚަތީބު ވިދާޅުވި އެވެ.

ހިޒްބުالله އާއި ހަމާސް އަކީ ވެސް އީރާނުގެ ތާއީދު އޮންނަ އަދި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި އެމެރިކާ އާއި އެހެނިހެން ގިނަ ގައުމުތަކުން ކަނޑައަޅާފައިވާ ޖަމާއަތްތަކެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved