ސަހްޔޫނީން ލުބުނާނަށް ދެމުން އަންނަ ހަމަލާތަކުގައި އެގައުމުގެ މިސްކިތެއް ގޮއްވާލައިފި ކަމަށް ރިޕޯޓްކޮށްފިއެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ސަހްޔޫނީން ގޮއްވާލާފައިވަނީ ލުބުނާނުގެ ދެކުނުން އޮންނަ ދާހިރާގައި ހުންނަ މިސްކިތެކެވެ.
އެ މިސްކިތް ގޮއްވާލާ ވީޑިއޯ ވެސް އާންމުކޮށްފައިވެއެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ ސަހްޔޫނީންގެ އަސްކަރިއްޔާއިން އެ މިސްކިތާއި އެކީ މިސްކިތް ކައިރީގައި ހުރި ބައެއް ގެތައް ވަނީ ގޮއްވާލާފައެވެ.
މީގެ އިތުރުން ވެސް މި ހަމަލާތަކުގައި ލުބުނާނުން 100 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރިން މަރާލާފައިވާ ކަމަށް ވެސް ލުބުނާނުގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.