March 11, 2026
Advertisement
ފަލަސްތީން
ފަލަސްތީން / އަލްޖަޒީރާ

ޣައްޒާގެ ސްކޫލަކަށް އަނެއްކާވެސް ހަމަލާދީ 12 މީހުން ޝަހީދުކޮށްލައިފި

Aminath Zara
އައިމިނަތު ޒާރާ
Nov 8, 2024, 03:47 PM
މާލެ ސިޓީ

ޣައްޒާގެ ސްކޫލަކަށް އަނެއްކާވެސް ހަމަލާދީ 12 މީހުން ޝަހީދުކޮށްލައިފި ކަމަށް ރިޕޯޓްތަކުން ހާމަކޮށްފިއެވެ.

Advertisement

މި ހަމަލާ ދީފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ ޝަތީ ރެފިއުޖީ ކޭމްޕުގައި ހުރި ސްކޫލަކަށެވެ.

އެސްކޫލަކީީ ސަހްޔޫނީން ޣައްޒާއަށް 07 އޮކްޓޯބަރު 2023 އިން ފެށިގެން ދޭން ފެށި ހަމަލާތަކާއި ގުޅިގެން ގެދޮރު ގެއްލިފައި ތިބި މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ސްކޫލެކެވެ.

ސަހްޔޫނީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަށް ހުއްޓުމެއް އައިސްފައި ނުވާއިރު، ކޮންމެ ދުވަހަކު ގޮތަކަށް އެގައުމުން އަންނަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. މި ހަމަލާތައް އާންމުކޮށް އަމާޒުކޮށްފައި ހުންނަނީ އާންމުން އެއްވެ އުޅޭ ހޮސްޕިޓަލްތައް ކައިރި، ރެފިއުޖީ ކޭމްޕް ސަރަހައްދުތަކަށެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 43،000 އަށްވުރެ ގިނަ ފަލަސްތީނުގެ މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި އެކިވަރުގެ ޒަހަމްތައް ދިން މީހުންގެ އަދަދު 100،000 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved