March 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޕޭޖަރުތައް ގޮއްވާލި މައްސަލައިގައި ލުބްނާނުން އދ އަށް މައްސަލަ ހުށަހަޅައިފި

Aminath Zara
އައިމިނަތު ޒާރާ
Nov 8, 2024, 06:25 PM
މާލެ ސިޓީ

ލުބުނާނުގެ ހިޒްބުﷲއިން ބޭނުންކުރަމުންދިޔަ ޕޭޖަރުތަކެއް ސެޕްޓެމްބަރު މަހު ތެރޭގައި ސަހްޔޫނީން ގޮއްވާލުމާ ގުޅިގެން، ލުބުނާނުން އެ މައްސަލަ އދ ގެ ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް ހުށަހަޅައިފިއެވެ.

Advertisement

ލުބުނާނުގެ ލޭބަ މިނިސްޓަރު މުސްތަފާ ބައިރަމް ރަސްމީކޮށް ޝަކުވާ ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ އދ. ހެޑް އޮފީހަށެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރު 23 ވަނަ ދުވަހު ހިނގި އެ ހާދިސާއަކީ މުއާމަލާތް ކުރުމަށް އެ ޑިވައިސްތައް ބޭނުންކުރި ހިޒްބުاللهގެ ހަތިޔާރު އެޅި ޖަމާއަތަށް އަމާޒުކޮށްގެން ގޮވުންތަކެއް ކަމަށް ބެލެވެއެވެ.

އެ ހަމަލާގެ ތުހުމަތު ސަހްޔޫނީންގެ ބޮލުގައި ގިނަ ބަޔަކު އަޅުވާއިރު، ހަމަލާދިން ކަމަށް ނުވަތަ ނުދޭ ކަމަކަށް ވެސް އެގައުމުން މިހާތަނަށްވެސް ބުނެފައެއްނުވެއެވެ.

ސަހްޔޫނީން ދެމުންދާ ހަމަލާތަކުގެ ސަބަބުން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ލުބުނާނުގައި 3،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 13،492 މީހުން ޒަޚަމުވެފައިވާ ކަމަށް ލުބުނާނުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނެއެވެ.

ލުބުނާނަށް ދިން ހަމަލާތަކުގެ ސަބަބުން މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved