March 11, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

އިންޑިއާ ހޮސްޕިޓަލްއެއްގައި ރޯވެ ކުޑަކުދިންތަކެއް މަރުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Nov 16, 2024, 05:21 PM
މާލެ ސިޓީ

އިންޑިއާގެ ހޮސްޕިޓަލެއްގެ ނިއޯނޭޓްލް ޔުނިޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، ތުއްތު 10 ކުއްޖަކު މަރުވެ 16 ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.

Advertisement

ރޭ އަލިފާނުގެ ހާދިސާ ހިނގީ ވެރިރަށް ނިއު ދިއްލީގެ ދެކުނުން ގާތްގަނޑަކަށް 450 ކިލޯމީޓަރު ދުރުގައި އޮންނަ ޖާންސީގެ މަހާރާނީ ލަކްޝްމީބާއީ މެޑިކަލް ކޮލެޖުގަ އެވެ.

އުފަންވީތާ އެންމެ ދުވަހެއް ވެސް ނުވާ ތުއްތު ކުދިން ތިބި ޔުނިޓްގައި ރޯވި އަލިފާނުން އެތަނުގެ އެނދުތަކާއި މެޝިންތައް ވެސް ހުރީ އަނދައިފަ އެވެ. ސަލާމަތްކުރެވުނު ކުދިން ހޮސްޕިޓަލްގެ އެހެން ތަނަކަށް ގެންގޮސް ހުރިހާ ކުދިން އެއް އެނދެއްގައި އަތުރާފައި ތިބިތަން، އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.

ސަލާމަތްކުރެވުނު ކުދިންގެ ތެރެއިން ވެސް 16 ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް "ޓައިމްސް ނައު" އިން ރިޕޯޓްކޮށްފައިވެ އެވެ.

އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އާދިތުޔަނާތު ވަނީ މަރުވި ކުދިންގެ އާއިލާތަކަށް 500،000 ރުޕީސް (5،900 ޑޮލަރު) ގެ ބަދަލެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މި ހާދިސާ ހިނގާފައި މި ވަނީ ނިއު ދިއްލީގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއް ހިނގައި ހަ ކުއްޖަކު މަރުވިތާ ހަ މަސް ފަހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved