March 11, 2026
Advertisement
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް / ސޯޝަލް މީޑިއާ

ހިޒްބުالله އިން ތެލްއަވީވް ހުންނަ ސަހްޔޫނީންގެ މަރުކަޒަކަށް ހަމަލާދީފި

Aminath Zara
އައިމިނަތު ޒާރާ
Nov 20, 2024, 05:23 AM
މާލެ ސިޓީ

ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން ބުނީ ތެލްއަވީވްގެ ބޭރުގައި ހުންނަ ސަހްޔޫނީންގެ ގްލިލޮޓް މިލިޓަރީ އިންޓެލިޖެންސް ބޭސްއަށް މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށެވެ.

Advertisement

މީގެ އިތުރުން ހިޒްބުالله އިން ބުނީ ލުބުނާނުގެ ދެކުނުގެ ހަތަރު އަވަށެއްގެ ވަށައިގެން ސަހްޔޫނީންގެ ސިފައިންނަށް އަމާޒުކޮށް ހަމަލާދިން ކަމަށާއި އޭގެ ތެރޭގައި ފްލޭޝްޕޮއިންޓް އަވަށެއް ކަމަށްވާ ކިއާމް ވެސް ހިމެނޭ ކަމަށެވެ.

މި ހަމަލާތައް ދީފައިވަނީ އިއްޔެ ތެލްއަވީވްއަށް ދިން ހިޒްބުالله ރޮކެޓް ހަމަލާގައި ހަ މީހަކު ޒަހަމްވުމާ ގުޅިގެންނެވެ.

މިއާއި އެކު، ސަހްޔޫނީންގެ އަސްކަރިއްޔާއިން ބުނީ ލުބުނާނުން އިސްރާއީލަށް 35 ޕްރޮޖެކްޓަލް ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މިސައިލްތައް ހުއްޓުވާފައިވާ ކަމަށެވެ.

އަދި ލުބުނާނުން އިސްރާއީލަށް ފޮނުވާލި ދެ ޑްރޯން ވެސް އެގައުމުގެ ވައިގެ ސިފައިން ހުއްޓުވާފައިވާ ކަމަށް އެ ގައުމުން ނެރުނު ބަޔާނުގައި ވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved