March 12, 2026
Advertisement
-
- / ސީ.އެން.އެން

ލުބްނާނުން ސަހްޔޫނީންނަށް ޑްރޯން ހަމަލާތަކެއް ދީފި

Aminath Zara
އައިމިނަތު ޒާރާ
Nov 25, 2024, 02:13 PM
މާލެ ސިޓީ

ސަހްޔޫނީން ހުއްޓުމެއްނެތި ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ލުބްނާނުން އެ ގައުމަށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.

Advertisement

ސަހްޔޫނީންގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، ލުބުނާނުން ފޮނުވާލި ޑްރޯންތަކެއް އެގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައިވެއެވެ. ވައިގެ ސަރަހައްދަށް ވަދެފައިވާ ބައެއް ޑްރޯންތައް، ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާއިރު، އަނެއް ބައި ޑްރޯންތައް ބައެއް ސަރަހައްދުތަކަށް ވެއްޓުނު ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ސަހްޔޫނީންނާއި ދެކޮޅަށް މީގެ ކުރިން ވެސް ހިޒްބުﷲއާއި ހަމާސް އިން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ފަދަ ހަމަލާތަކުގައި އިސްރާއީލުގެ ގިނަ ބަޔަކު މަރާލެވިފައިވާ ކަމަށް މި ދެ ޖަމާއަތުން ބުނި ނަމަވެސް، ސަހްޔޫނީން އެކަން ދޮގު ކުރެއެވެ.

އެގޮތުން އެގައުމުން ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މަރާލެވިފައިވަނި 1800 އެއްހާ މީހުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved