March 11, 2026
Advertisement
-
- / ބީބީސީ

ދެކުނު ކޮރެއާއަށް ބޯކޮށް ސްނޯވެހި ތިން މީހަކު މަރުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Nov 29, 2024, 05:28 PM
މާލެ ސިޓީ

ދެކުނު ކޮރެއާއަށް ބޯކޮށް ސްނޯ ވެހުމުގެ ސަބަބުން ފްލައިޓްތަކާއި ފެރީތަކަށް ބުރޫ އަރައި ތިން މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

Advertisement

އިއްޔެ ރެކޯޑް އަދަދަކަށް ސްނޯގެ ދެވަނަ ދުވަހާ ކުރިމަތިލާން ޖެހިފައިވާއިރު، ވެރިރަށް ސޯލް އޮންނަ ގްޔޮންގްގީ ޕްރޮވިންސުން ތިން މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޔޮންހަޕް ނިއުސް އެޖެންސީން ބުނި ގޮތުގައި ޕިޔޮންގްޓޭކް ސިޓީގައި ސްނޯ ބަރުކޮށްފައި އޮތް ގޮލްފް ޕްރެކްޓިސް ނެޓެއް ވެއްޓި އެކަކު މަރުވެފައިވާ އިރު، ޔޮންގިން ސިޓީގައި ވެއްޓުނު ގަހެއްގައި ޖެހިގެން އެކަކު ވަނީ މަރުވެފަ އެވެ.

ބުދަ ދުވަހުގެ ރޭ ފުލުހުން ރިޕޯޓުކުރި ގޮތުގައި އެގައުމުގެ އިރުމަތީގައި އޮންނަ ގަންގްވޮން ޕްރޮވިންސްގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ވޮންޖޫގެ ހައިވޭއެއްގައި ސްނޯގެ ސަބަބުން 53 ވެހިކަލެއް ވެއްޓި 11 މީހަކަށް އެކިވަރުގެ އަނިޔާލިބިފައިވެއެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކު މަރުވި ކަމެއް އަދި ސާފެއް ނުވެ އެވެ.

އިއްޔެގެ ހެނދުނު 11:00 ހާއިރު ސޯލްގެ ބައެއް ސަރަހައްދުތަކަށް 40 ސެންޓިމީޓަރު (15.7 އިންޗި) ގެ ސްނޯ ޖަމާވެފައިވާ ކަމަށާއި 156 ފްލައިޓް ކެންސަލްކޮށް 104 ފެރީގެ ދަތުރުތަކަށް ބުރޫ އަރާފައިވާ ކަމަށް އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

ނޮވެމްބަރު މަހު އާދަޔާ ހިލާފަށް ބޯކޮށް ސްނޯ ވެހުމުގެ ސަބަބަކީ ކޮރެއާ ޕެނިންސިއުލާގެ ހުޅަނގުން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ފިނި ވައިގެ ރާޅުތަކާ ކުރިމަތިލާން ޖެހުން ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved