March 11, 2026
Advertisement
-
- / ސީ.އެން.އެން

ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ މަޝްހޫރު ކައްކާއެއް ޝަހީދުކޮށްލައިފި

Aminath Zara
އައިމިނަތު ޒާރާ
Dec 2, 2024, 02:06 AM
މާލެ ސިޓީ

ފަލަސްތީނުގެ ގިނަ ރައްޔިތުންތަކަކަށް ކާން ދިނުމުގައި އުޅޭ މަޝްހޫރު "ކައްކާއެއް" ކަމަށްވާ މަހްމޫދު އަލްމާދޫން ޝަހީދުކޮށްލައިފި އެވެ.

Advertisement

މި ހަމަލާއަކީ ސީދާ މަހްމޫދަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށް މަންޒަރު ދުށް މީހުން މައުލޫމާތު ހާމަކޮށްފައިވެއެވެ.

މަހްމޫދު ޝަހީދުކޮށްލީ ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލްގައި ތިބި މީހުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދޭތީ ސަހްޔޫނީންނަށް އެކަން ހަޖަމް ނުވެގެން ކަމަށްވެސް ޣައްޒާގެ މީޑިޔާތަކުން ހާމަކުރެއެވެ.

އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން ސަހްޔޫނީންގެ ސިފައިން ދަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތައް ވަށާލައި، ކާބޯތަކެއްޗާއި ފެނާއި ބޭސް ވެއްދުން ހުއްޓުވައި، ކަމާލް އަދްވާން ހޮސްޕިޓަލަށް ހަމަލާތައް ވެސް ދެމުންނެވެ.

މަހްމޫދު ޝަހީދުވިއިރު ހަތް ކުދިން ތިބި އިރު އޭގެ ތެރޭގައި ދެ ހަފުތާގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved