އދ. ގެ ތަރުޖަމާނަކު ވިދާޅުވީ، މިއަހަރު ގާޒާއަށް އެންމެ މަދުން އިންސާނީ އެހީ ލިބުނީ އޮކްޓޯބަރު މަހު ކަމަށް. / އަލްޖަޒީރާ
ދުނިޔެ
ކުރިއަށް އޮތް ފިނި މޫސުމުގައި ގާޒާ ރައްޔިތުންނަށް ކުރިމަތިވާނެ ދަތި ހާލަތާ މެދު އދ ކަންބޮޑުވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
02 ޑިސެމްބަރު 2024
މާލެ ސިޓީ

 ގާޒާގައި ސަހުޔޫނީންގެ ސިފައިން ހިންގަމުންދާ ހަނގުރާމައިގެ ހިސާރު ކުރުމަކީ "އެންމެ ނުރައްކާތެރި ބައިނަލްއަގްވާމީ ޖަރީމާތަކާ އެއްފަދަ" އަމަލުތަކެއް ކަމަށާއި މިހާރު އެންމެ ކަންބޮޑުވެ ލައްވަނީ ކުރިއަށް އޮތް ފިނި މޫސުމުގައި ގާޒާ ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތި ހާލަތާ މެދު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑައިރެކްޓަރު ޖެނެރަލް، ޑރ. ޓެޑްރޮސް އަދަނޮމް ވިދާޅުވެއްޖެ އެވެ.

އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ހަމަލާތަކުގައި ގާޒާގެ ސިވިލް ތަންތަން ހަލާކުކޮށް، ގާޒާގައި 90 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު އިންސާނީ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެ ކަމަށް ޓެޑްރޮސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންސާނީ އެހީތެރިކަމުގެ ގޮތުގައި ބައިވަރުތަކެއް ހަދިޔާނުކުރެވުނު ނަމަވެސް ސުލްހަވެރިކަމާ އެކު ދިރިއުޅެވޭނެ ފުރުސަތު ލިބިއްޖެނަމަ މާބޮޑު އުފާވެރި ކަމަކަށް ވާނެ ކަމަށެވެ.

ޓެޑްރޮސް ވިދާޅުވީ، މިއަހަރު ގާޒާއަށް އެންމެ މަދުން އިންސާނީ އެހީ ލިބުނީ އޮކްޓޯބަރު މަހު ކަމަށާއި، ދެ މިލިއަނަށްވުރެ ގިނަ މީހުންނަށް ބޭނުންވާ އެހީ ލިބެމުންދަނީ "ވަރަށް މަދުން" ކަމަށެވެ.

ސަހުޔޫނީން ގާޒާގެ އާންމުންނަށް ދޭ ހަމަލާތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި.) އެހީވެދޭ ޓާގެޓިން ބޭނުންކުރުމާ ގުޅޭ ގޮތުންނާއި، އޭގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން މަރުވާ އަދަދު އިތުރުވަމުން އަންނަކަން ފާހަކޮށް ޓެޑްރޮސް އިތުރަށް ވިދާޅުވީ ގާޒާއަށް އެންމެ ރަނގަޅީ ހަނގުރާމަ ހުއްޓުވާލެވޭނެ ގޮތެއް ހޯދުން ކަމަށެވެ. ހަނގުރާމަ މިހާރު ކުރެވިއްޖެ ކަމަށާއި ދެން މުޅިތަން ވާނީ ހަލާކު ކަމަށްވެސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ފިނި މޫސުމުގައި ގާޒާ ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތި ހާލަތާ މެދު ކަންބޮޑުވަން، ނޭވާލާ ނިޒާމުގެ ބަލިތަކަށް ފުރުސަތު ހުޅުވިގެން ދިއުމަކީ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް، އަދި އަމުދުން އެކަށީގެންވާ ވަރަށް ކާންބޯން ނުލިބުނުގެ ސަބަބުން ބަނޑަޖެހި އާންމު ރައްޔިތުން އަންނަނީ މަރުވަމުން

- ޓެޑްރޮސް

ސަހުޔޫނީން ގާޒާގެ އުތުރަށް އެއްގަމު މަގުން ދޭ ހަމަލާތައް ވަރުގަދަ ކުރި ފަހުން އެ ސަރަހައްދަށް އެގޮތަކަށްވެސް އިންސާނީ އެހީ ފޯރުކޮށްދެވިފައިނުވާ ކަމަށް އދން މި ހަފުތާ ކުރީކޮޅު ބުނެފައިވެ އެވެ.

މިދިޔަ އަހަރު އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ސަހުޔޫނީން ގާޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 44400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.

އޭގެ ތެރޭގައި 17000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ގާޒާގެ އޮފިޝަލުން ގަބޫލު ކުރެ އެވެ. ހަމަލާތަކުގައި ޒަހަމްކޮށްލާފައިވާ މީހުންގެ އަދަދު 104000 އަށް ވުރެ ގިނަ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved