April 9, 2026
Advertisement
ދެކުނު ކޮރެއާގެ ދިފާއީ ވަޒީރު އިސްތިއުފާ ދެއްވައިފި
ދެކުނު ކޮރެއާގެ ދިފާއީ ވަޒީރު އިސްތިއުފާ ދެއްވައިފި / ސީ.އެން.އެން

ދެކުނު ކޮރެއާގެ ދިފާއީ ވަޒީރު އިސްތިއުފާ ދެއްވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 5, 2024, 07:41 PM
މާލެ ސިޓީ

މާޝަލް ލޯ އިއުލާން ކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ދިފާއީ ވަޒީރު ކިމް ޔޮންގް ހިޔޫން މަގާމުން އިސްތިއުފާ ދީފި އެވެ.

Advertisement

ޔޫން ވަނީ ކިމްގެ އިސްތިއުފާ ގަބޫލުކުރައްވައި، އާ ދިފާއީ ވަޒީރަކު އައްޔަންކުރައްވާފައި ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

ގާނޫނު ހަދާ މަޖިލީހުން ފާސްނުވުމުން އަސްކަރީ ގާނޫނު އަނބުރާ ގެންދެވުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ރަސްމީ މަސައްކަތުގައި ގޮތުގައި އާ ދިފާއީ ވަޒީރަކަށް އައްޔަންކުރައްވާފައި ސައުދީ އަރަބިއާގައި ހުންނަ އެ ގައުމުގެ ސަފީރު ޗޮއި ބިޔުންގް ހިއުކެވެ.

މާޝަލް ލޯ އިއުލާންކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކާއިި އާންމުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ދެކުނު ކޮރެއާގެ ޕާލަމެންޓުން ވަނީ ބުރާސްފަތި ދުވަހުގެ ފަތިހު ރައީސް އިމްޕީޗް ކުރުމުގެ ގަރާރެއް ހުށަހަޅައިފަ އެވެ.

ބޮޑު އަޣުލަބިއްޔަތެއް، 300 މެމްބަރުން ހިމެނޭ މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް ލިބިފައިވާއިރު، ބޭނުންވާ ތިން ބައިކުޅަ ދެ ބައިގެ ވޯޓަށް ރައީސްގެ ޕާޓީން ބޭނުންވަނީ މަދު މެންބަރުންތަކެއްގެ ތާއީދެވެ. އެކަމަކު ރައީސްގެ ޕާޓީން ވަނީ ރައީސް ވަކިކުރުމާ ދެކޮޅުހަދަން ރަސްމީކޮށް ނިންމައިފަ އެވެ.

އެކަން ފާސްވެއްޖެ ނަމަ 180 ދުވަހުގެ ތެރޭގައި ދުސްތޫރީ ކޯޓުން މި ނިންމުމާ ގުޅޭ ގޮތުން ހުކުމެއް އިއްވަންދެން ޔޫން ސަސްޕެންޑް ކުރާނެ އެވެ. އަދި އެ މުއްދަތުގައި ވަގުތީ ރައީސްގެ ގޮތުގައި ބޮޑުވަޒީރު މަސައްކަތް ފައްޓަވާނެ އެވެ.

މާޝަލް ލޯ އިއުލާން ކުރުމުގެ ސަބަބުން ދެކުނު ކޮރެއާގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން އެ ގައުމުގައި މިވަގުތު އޮތް ސަރުކާރަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ.

އިދިކޮޅުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެ މުޒާހަރާގެ ބައިވެރިން ގޮވާލަމުން އަންނަނީ ރައީސް ޔޫން މަގާމުން އިސްތިއުފާ ދެއްވުމަށެވެ.

ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް މާދަމާ ވޯޓަށް އަހާނެ ކަމަށް ބެލެވޭ ކަމަށްވެސް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved