April 9, 2026
Advertisement
-
- / އަލްޖަޒީރާ

ޖީޕީއެސްގެ ސިގްނަލް "ޖެމިން އެޓޭކް" ގެ ސަބަބުން ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން އުތުރު ކޮރެއާ ކުށްވެރިކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Nov 9, 2024, 07:57 PM
ދެކުނު ކޮރެއާ

ނޯތު ކޮރެއާއިން ގްލޯބަލް ޕޮޒިޝަން ސިސްޓަމް (ޖީޕީއެސް) ޖެމިން ހަމަލާއެއް ދީފައިވާ ކަމަށް ސޯލްގެ އަސްކަރިއްޔާއިން ބުނެފި އެވެ.

Advertisement

އުތުރު ކޮރެއާގެ ޖީޕީއެސް ޖެމްކުރުމުގެ އޮޕަރޭޝަން ހުކުރު ދުވަހު ފަށާފައިވާއިރު ހޮނިހިރު ދުވަހުވެސް ކުރިއަށް ދިއުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ އުޅަނދުތަކަށާއި މަދަނީ އެތައް މަތިންދާ ބޯޓަކަށް އޭގެ އަސަރު ކޮށްފައިވާ ކަމަށް ދެކުނު ކޮރެއާއިން ބުނެއެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް (ޖޭސީއެސް) އިން ހޮނިހިރު ދުވަހު ވަނީ އުތުރު ކޮރެއާގެ ޖީޕީއެސް ސިގްނަލް ޖެމްކުރުމުން ސަމާލުވުމަށް ހުޅަނގު ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރާއި މަތިންދާބޯޓުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ޖީޕީއެސް ބަރޯސާވަނީ ސެޓެލައިޓްތަކާއި ރިސީވަރުތަކުގެ ނެޓްވޯކެއްގެ މައްޗަށެވެ.

ޖޭސީއެސް އިން ވަނީ އުތުރު ކޮރެއާއަށް މިހާރުން މިހާރަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލައި، އެ ގައުމުގެ އަމަލުތަކަށް ޖަވާބުދާރީވާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved