March 11, 2026
Advertisement
-
- / ސީ.އެން.އެން

ސޫދާންގައި ހަލުވި ސްޕީޑެއްގައި ކޮލެރާ ފެތުރެނީ

Aminath Zara
އައިމިނަތު ޒާރާ
Dec 8, 2024, 04:29 AM
މާލެ ސިޓީ

ސޫދާންގެ ދެކުނުގެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮލެރާ ފެތުރެން ފަށައިފި އެވެ.

Advertisement

ފްރާންސްގެ އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ހުކުރު ދުވަހު ބުނީ ދެކުނު ސޫދާނުގެ އަޕަރ ނައިލް ސްޓޭޓްގެ ވެރިރަށް މަލާކަލްއިން ޖުމްލަ 737 ކޮލެރާ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ކޮލެރާ އަކީ އެންޓިބަޔޮޓިކްސް އާއި ހައިޑްރޭޝަން ބޭނުންކޮށްގެން ފަރުވާ ކުރެވޭ ޑައިރިއާގެ އެކިއުޓް ވައްތަރެއް ނަމަވެސް ފަރުވާ ނުދީ ދޫކޮށްލައިފިނަމަ ގަޑިއިރުތަކެއްގެ ތެރޭގައި މަރުވެދާ ފަދަ ނުރައްކާތެރި ބައްޔެކެވެ.

މިއީ އާންމުގޮތެއްގައި ނަޖިހުން ފެތުރޭ ޖަރާސީމެއްގެ ސަބަބުން ދިމާވާ ބައްޔެކެވެ. މި ބަލި ޖެހެނީ ޖަރާސީމު ކާބޯތަކެއްޗާ އެކުވެގެންނެވެ.

ޑޮކްޓަރސް ވިތައުޓް ބޯޑާސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ޓީމުތަކުން މަލަކަލް ޓައުން ހޮސްޕިޓަލް ކައިރީގައި 100 އެނދުގެ ކޮލެރާ އަށް ފަރުވާދޭ ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެތަންތަނުގައި ފެނާއި ނަރުދަމާގެ ނިޒާމް ހަރުދަނާ ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ދެކުނު ސޫދާނުން ކޮލެރާއަށް 1،526 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved