March 10, 2026
Advertisement
-
- / އަލްޖަޒީރާ

ސީރިއާގެ ދިމިޝްގުގައި ހުންނަ އަލް އަސަދުގެ ރިޔާސީ ގަނޑުވަރު އިދިކޮޅު ހަނގުރާމަވެރިން އަތުލައިފި

Aminath Zara
އައިމިނަތު ޒާރާ
Dec 8, 2024, 10:32 PM
މާލެ ސިޓީ

ސީރިއާގެ ދިމިޝްގުގައި ހުންނަ އަލް އަސަދުގެ ރިޔާސީ ގަނޑުވަރު އިދިކޮޅު ހަނގުރާމަވެރިން އަތުލައިފިއެވެ. އަލް އަސަދުގެ ވެރިކަމުގެ 53 އަހަރުގެ ނިމުން ފާހަގަކުރުމަށް ސީރިޔާގެ ވެރިރަށް ދިމިޝްގްގެ މަގުތަކަށް ނުކުމެ ގިނަ އަދަދެއްގެ މީހުން ވަނީ އުފާފާޅުކޮށްފައެވެ.

Advertisement

އެ ގައުމުގެ ދައުލަތުގެ ޓީވީން މިއަދު އާންމުކުރި ވީޑިއޯބަޔާނެއްގައި ބުނެފައި ވަނީ ރައީސް ބައްޝާރުލް އަސަދުވެރިކަމުން ދުރުކޮށް، ހުރިހާ ގައިދީން މިހާރު މިނިވަންކޮށްފައިވާ ކަމަށެވެ.

އެ ބަޔާން ކިޔާފައިވާ މީހާ ބުނީ އޮޕަރޭޝަންސް ރޫމް ޓު ކޮންކަރދިމިޝްގުގެ ނަމުން މަޝްހޫރު އިދިކޮޅު ޖަމާއަތުން އިދިކޮޅު ހުރިހާހަނގުރާމަވެރިންނާއި ރައްޔިތުންނަށް "މިނިވަން ސީރިއާދައުލަތުގެ" މުއައްސަސާތައް ހިމާޔަތް ކުރުމަށް ގޮވާލާ ކަމަށެވެ.

އިދިކޮޅުން ބުނެފައިވަނީ އަލްއަސަދު ދިމިޝްގުން ފުރައިގެންގޮސްފައިވާ ކަމަށެވެ. އަސަދު މިހާރު ހުރި ތަނެއް ކަށަވަރުނުވާ ކަމަށްވެސް އިދިކޮޅު ހަނގުރާމަވެރިން ހާމަކޮށްފައިވެއެވެ.

ސީރިއާގެ ހަނގުރާމަ ފެށިފައިވަނީ 2011 ވަނަ އަހަރު އަލްއަސަދުގެވެރިކަމާ ދެކޮޅަށް ކުރި ގަތުލުއާންމެއްގެ ގޮތުގައި ކަމަށާއި، މި ގަތުލުއާންމު ހަނގުރާމައަކަށް ބަދަލުވެ، ބޭރުގެ ބާރުތައް މީގެ ތެރެއަށް ވަދެފައިވެއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ރެފިއުޖީކްރައިސިސްގައި ލައްކައެއްހާ މީހުން މަރުވިއިރު އެތައް މިލިއަންބަޔަކު ގެދޮރުން ދޫކޮށްލަން މި ހަނގުރާމައިގައި މަޖުބޫރުވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved