March 11, 2026
Advertisement
-
- / އަލްޖަޒީރާ

ސަހްޔޫނީން ސީރިއާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާދީފި

Aminath Zara
އައިމިނަތު ޒާރާ
Dec 9, 2024, 01:35 AM
މާލެ ސިޓީ

ސަހްޔޫނީން ސީރިއާގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދޭން ފަށައިފިއެވެ.

Advertisement

ސީރިއާ ސަރުކާރާއި ދެކޮޅަށް އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިން ފެށި ހަނގުރާމައަށް އެއް ދުވަސް ނުވަނީސް އެގައުމުގެ ރައީސް، ބަޝާރުލް އައްސަދު ވަނީ ގައުމު ދޫކޮށް ފިއްލަވާފައިވާ މި ދަނޑިވަޅުގައި ސަހްޔޫނީންގެ އަސްކަރިއްޔާއިން ވަނީ ސީރިއާގެ ސަރަހައްދުތަކަށް ވަދެގަނެފައެވެ.

މިގޮތުން، އަސްކަރީ ބައެއް ޓޭންކުތަކުންނާއި އެހެނިހެން ވެހިކަލްތަކުން ސަހްޔޫނީންގެ އަސްކަރިއްޔާއިން ވަނީ އަލް-ގަހްތަނިޔާއިން ގުނެއިތުރާއަށް ވަދެގެންފައެވެ. އަދި މިހާރު އަލް-ރަވާބީ ސަރަހައްދާއި ހަމައަށް ގޮސްފައިވާ ކަމަށްވެސް ރިޕޯޓްތަކުން ހާމަކޮށްފައިވެއެވެ.

ސަހްޔޫނީން އަންނަނީ އެމީހުން ވަންނަމުން އަންނަ ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.

ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން އެގައުމުގެ ސަރުކާރާއި ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއިން އެގައުމުގެ ރައީސް، ބަޝާރުލްއައްސަދުގެ 14 އަހަރު ވީ ދިގު އަނިޔާވެރި ވެރިކަން ވަނީ ވައްޓާލާފައެވެ.

ސަހްޔޫނީން މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ އިރު މަރުވެފައިވާ މީހުންގެ އަދަދު އަދި ކަށަވަރުވެފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved