March 11, 2026
Advertisement
-
- / އަލްޖަޒީރާ

ގާނާގެ ކުރީގެ ރައީސް ޖޯން މަހާމާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި

Aminath Zara
އައިމިނަތު ޒާރާ
Dec 10, 2024, 12:25 AM
މާލެ ސިޓީ

ގާނާގެ ކުރީގެ ރައީސް ޖޯން ޑްރަމާނީ މަހާމާ އެ ގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.

Advertisement

ޑްރަމާނީ އިންތިޚާބު ކާމިޔާބު ކުރެއްވީ އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ނައިބު ރައީސް މަހާމުދު ބަވޫމިއާ އާއި ވާދަކޮށްގެންނެވެ.

"ގާނާގެ ރައްޔިތުން ވާހަކަ ދައްކައިފި، ރައްޔިތުން މި ވަގުތު ވޯޓު ދިނީ ބަދަލަށް، އެކަމަށް އިހުތިރާމް ކުރަން،"

ބަވޫމިއާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު، މިއީ ފާއިތުވި އަހަރުތަކުގައި ގާނާއަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާގެ ތެރޭގައި އިންފްލޭޝަން މަތިވެ ދަރަނި ނުދެއްކުމުގެ ސަބަބުން ރައްޔިތުން އެދި އެދި ތިބި ބަދަލެއްކަމަށް ބެލެވެއެވެ.

ބަވޫމިއާ ވިދާޅުވީ ނޭޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް (އެންޑީސީ)ގެ މަހާމާއަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.

އެންޑީސީގެ ތަރުޖަމާނު ސެމީ ގިޔަމްފީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ނަތީޖާ ރިވިއު ކުރުމުން މަހާމާ އަށް 56.3 ޕަސެންޓް ވޯޓު ލިބިފައިވާ އިރު ބަވޫމިއާ އަށް ލިބިފައިވަނީ 41.3 ޕަސެންޓް ވޯޓެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved