ސަހްޔޫނީން ޣައްޒާގެ ފުށް ޑިސްޓްރިބިއުޝަން ލައިން އަށް ދިން ވައިގެ ހަމަލާއެއްގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 22 މީހަކު ޝަހީދުވެއްޖެއެވެ.
މި ހަމަލާގައި ކަރަންޓު ކެނޑުމުގެ ސަބަބުން ކައިރި ސަރަހައްދުގެ ހޮސްޕިޓަލެއްގައި ތިބި 100 އަށް ވުރެ ގިނަ މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޣައްޒާގެ އުތުރުގައި ހުންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން އެންމެ ފަހުން ދިން ހަމަލާގައި ތިން މީހަކަށް ހަމަލާދީ ގިނަ އަދަެއްގެ ބަޔަކު ޝަހީދުވެފައިވާ ކަމަށް ބޭރުގެ މީޑިޔާތަކުން މައުލޫމާތު ހާމަކޮށްފައިވެއެވެ.
ޖަބާލިއާ ސަހްޔޫނީންގެ ބެލުމުގެ ދަށުގައި އޮންނަތާ 65 ދުވަސް ވެފައިވާއިރު، ފަލަސްތީނުގެ އެތައް ހާސް ބަޔަކަށް ކާބޯތަކެއްޗާއި ފެނުގެ ވަސީލަތްތައް ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާން ޖެހިފައެވެ.
ރޭ ފަލަސްތީނުގެ ރަފާހަށް ދިން ހަމަލާއެއްގައި ވެސް 10 މީހުން މަރުވެފައި ޝަހީދުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސަހްޔޫނީން ދެމުން އަންނަ ހަމަލާތަކުގައި އެތައް ބަޔަކު މިހާތަނަށް ޝަހީދުވެފައިވާއިރު ހަނގުރާމަ ހުއްޓުމުގެ ވިސްނުމެއް ސަހްޔޫނީން ނުގެންގުޅޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.