March 11, 2026
Advertisement
 ޢައްޒާ
ޢައްޒާ / އަލްޖަޒީރާ

ގާޒާގެ ހުރި ހަމައެކަނި ކަށީގެ ޑޮކްޓަރު ޝަހީދުކޮށްލައިފި

Aminath Zara
އައިމިނަތު ޒާރާ
Dec 14, 2024, 08:09 PM
މާލެ ސިޓީ

ސަހްޔޫނީން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާގެ އުތުރުގައި ހަރަކާތްތެރި ވަމުން އަންނަ ހަމައެކަނި ކަށީގެ ޑޮކްޓަރު ޝަހީދުކޮށްލައފިއެވެ.

Advertisement

އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ގާޒާގެ އުތުރުގެ ކަމަލް އަދްވާން އާއި އަލް-އަވްދާ ހޮސްޕިޓަލްތަކާ ދެމެދު އެމްބިއުލާންސްގައި ދަތުރުކުރަމުން ދަނިކޮށް އިސްރާއީލުގެ ޑްރޯނަކުން ފަލަސްތީނުގެ ޑޮކްޓަރެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ކަމަށެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާއިން ތަކުރާރުކޮށް ގާޒާގެ އެކި ކަންކޮޅުތަކުގައި ޑޮކްޓަރުންނަށާއި ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށް ހަމަލާ ދީފައިވާއިރު، ގާޒާގައި ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމު ފެށުނީއްސުރެ 1057 ސިއްހީ ހިދުމަތްތެރިން ޝަހީދުކޮށްލާފައިވާކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ބުނެއެވެ.

ސަހްޔޫނީންގެ ބޭނުމަކީ ހަމަލާތަކުގައި ޒަޚަމްވާ ފަރާތްތަކަށް އެހީތެރިކަމާއި ފަރުވާ ފޯރުކޮށްދޭ ހުރިހާ މަގެއް ބަންދުކުރުމެވެ.

މި ގަތުލުއާންމު އަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު ސަހްޔޫނީންގެ ހަމަލާތައް ވަރުގަދަވެ، ފަލަސްތީނުގެ ރައްޔިތުންނާއި އެއްކޮޅަށް އަޑު އުފުލުން މަދުވެ ހަނގުރާމަ މިވަނީ "ނޯމަލައިޒް" ވެފައެވެ.

މީގެ އިތުރުން، ޣައްޒާއަށް އެހީ ވެއްދުމަށްވެސް ސަހްޔޫނީން އަންނަނީ ހުރަސް އަޅަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved