March 11, 2026
Advertisement
-
- / އަލްޖަޒީރާ

ސޫދާންގެ ދާރްފޫރުގެ ހޮސްޕިޓަލަކަށް ދިން ޑްރޯން ހަމަލާއެއްގައި ނުވަ މީހުން މަރުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Dec 15, 2024, 05:28 PM
މާލެ ސިޓީ

ސޫދާންގެ އުތުރުގެ ދާރްފޫރު ސަރަހައްދުގެ އަލް-ފާޝަރު ސިޓީގެ ހޮސްޕިޓަލަކަށް ދިން ޑްރޯން ހަމަލާއެއްގައި ނުވަ މީހުން މަރުވެ 20 މީހުން ޒަޚަމްވެއްޖެއެވެ.

Advertisement

ފެޑެރަލް މިނިސްޓްރީ އޮފް ހެލްތް އިން ވަނީ މިދިޔަ ހުކުރު ދުވަހު ދިން މި ހަމަލާގެ ޒިންމާ ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ ބޮލުގައި އަޅުވާފަ އެވެ. އޮފިޝަލުން ބުނާ ގޮތުގައި އެ ޖަމާއަތުން ވަނީ އެ ސިޓީގެ މައި ސިއްހީ ހިދުމަތްދޭ މަރުކަޒާ ދިމާލަށް ރޮކެޓް ޕްރޮޕެލްޑް ހަތަރު ގްރެނޭޑް ފޮނުވާލައިފަ އެވެ.

އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަލް-ފާޝަރުގެ ރެސިސްޓެންސް ކޮމެޓީން ބުނީ ސައުދީ ހޮސްޕިޓަލަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން ބޭސްފަރުވާގެ ހިދުމަތް މެދުކަނޑާލަން މަޖުބޫރުވެފައިވާ ކަމަށެވެ. އެއީ އެ ސިޓީގައި ބާކީ އޮތް އެންމެ ފަހު އޯޕަން ހޮސްޕިޓަލެވެ.

ސޫދާނުގެ އަސްކަރިއްޔާއާއި އާރްއެސްއެފް އިން ދަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަލްފަޝޭރުގައި ހަނގުރާމަ ކުރަމުންނެވެ.

މި ސިޓީއަކީ އދ އާއި ބައިނަލްއަގްވާމީ އެހީދޭ އެހެނިހެން އިދާރާތަކުން ދާރުފޫރުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ހަބަކަށް ވެފައި ވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved