March 11, 2026
Advertisement
-
- / އަލްޖަޒީރާ

ވަނުއާޓޫ އަށް އައި ބިންހެލުމުގައި 14 މީހުން މަރުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Dec 18, 2024, 04:35 PM
މާލެ ސިޓީ

ޕެސިފިކް ޖަޒީރާ ސްޓޭޓެއް ކަމަށްވާ ވަނުއާޓޫގެ އައްސޭރިފަށަށް އިއްޔެ 7.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާއި ގުޅިގެން މިހާތަނަށް 14 މީހަކު މަރުވެ، އެތައް ސަތޭކަ ބަޔަކަށްޒަޚަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް މިއަދު ބުނެފި އެވެ.

Advertisement

މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އަދާހަމަ އިއުލާން ކުރަމުން ރެޑްކްރޮސް އިން ބުނީ މަރުވި މީހުންގެ އަދަދު މިއަދު ހެނދުނު 14 އަށް އަރާފައިވާ ކަަމށެވެ. މީގެ ކުރިން އެގައުމުގެ މީޑިއާތަކުން ވަނީ މަރުވި މީހުންގެ އަދަދަކީ ހަތެއް ކަމަށް ރިޕޯޓްކޮށްފަ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުމާ ގުޅިގެން އެ ސަރަހައްދަށް ގިނަ އާފްޓާ ޝޮކްތަކެއް އައިސްފައިވާ ކަމަށާއި އޭގެ ތެރޭގައި މިއަދު ފަތިހު އައި 5.5 މެގްނިޓިއުޑްގެ ބިންހެލުން ވެސް ހިމެނޭ ކަމަށެވެ.

ފިޖީއަށް ނިސްބަތްވާ ރެޑް ކްރޮސް އިން ދަ ޕެސިފިކްގެ ވެރިޔާ ކޭޓީ ގްރީންވުޑް މީސް މީޑިއާގައި ވިދާޅުވީ މި ބިންހެލުމުގައި 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ވަނުއާޓޫގެ ވެރިރަށް ޕޯޓް ވިލާއަށް އިއްޔެ އައި 7.3 މެގްނިޓިއުޑްގެ ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved