ފެނަކަ ކުރީގެ އެމްޑީ މުއާޒު ކެންދޫގައި ވާހަކަ ދައްކަވަނީ / ވޮއިސް.އެމްވީ
ހަބަރު
ހަގީގަތް އޮޅުވާލަން ނޫޅޭ، ދައްކަން ވެއްޖެއިއްޔާ ލައްކަ ވާހަކަ އެބަހުރި: މުއާޒު
23 ޑިސެމްބަރު 2024
މާލެ ސިޓީ

ފެނަކައިގެ އެމްޑީގެ މަގާމު މުއާޒު މުހައްމަދު ރަޝީދު އިސްތިއުފާދިނީ ރައީސް މުހައްމަދު ކޮރަޕްޝަންއަށް ދެއްވާ ޒީރޯ ޓޮލަރެންސްގެ ދަށުން ކަމަށް ބުނަމުންދާތީ އެކަމަށް އޭނާ ރައްދުދީފިއެވެ.

"ސެލެކްޓިވް ޖަސްޓިސް ވޭރިއަރ"ގެ ނަމުގައި އެކްސްގައި، އެތައް ދުވަހެއް ވަންދެން މަސައްކަތެއް ނުކޮށް ތިބެ ރައްޔިތުންގެ ފައިސާއިން މުސާރަ ނެގި، މިހާރު އެމްއޭސީއެލްގެ މުވައްޒަފެއްގެ ގޮތުގައި ހުރި މަރިޔަމް ޝިއުނާއާ އެޗްޑީސީގެ މަގާމެއްގައި ހުރި މަލްޝާ ޝަރީފުއާ ދެމީހުން ހިންގަމުން އަންނަ އެކައުންޓެއްގައި ވަނީ މުއާޒުގެ ކޮރަޕްޝަންގެ މައްސަލަތައް އެބަހުރި ކަމަށާ އެކަންއެހެން ހުރުމުން މުއާޒު އިސްތިއުފާ ދިނީ ކަމަށް ބުނެފައެވެ،

އެ ވާހަކަތަކަށް ރައްދުދީ މުއާޒު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެއީ ކަނޑައެޅިގެން ދޮގު ކަމަށާ އޭގެ އެއްވެސް ތުހުމަތެއް ސަރުކާރުން އޭނާއަށް ނުކުރާ ކަމަށެވެ. އަދި މުއާޒު ވަނީ ހަގީގަތް އޮޅުވާލަން ނޫޅުމަށް އިލްތިމާސްކޮށް، ދައްކަން ޖެހިޖެިއްޔާ ދައްކަން ލައްކަ ވާހަކަ އެބަހުރި ކަމަށް ވެސް ވިދާޅުފައެވެ.

މުއާޒު މިފަދައިން ވިދާޅުވެފައިވާއިރު އޭނާގެ އިސްތިއުފާ ސިޓީގައި ވެސް ވަނީ ސަރުކާރަށް ގިނަ ތުހުމަތުތަކެއް އަމާޒުކުރައްވާފައެވެ.

އެގޮތުން މުއާޒުވަނީ، ސަރުކާރުން ފެނަކަ ހިންގުމަށް އެއްބާރުލުން ނުދޭކަމަށް ތުހުމަތުކުރައްވާފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved