March 11, 2026
Advertisement
ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުން ސިފައިން ފޯރި މަރަނީ: ބޯޑަރު ސަރަހައްދުގައި ހަމަލާދީ ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ 46 މީހަކު މަރާލާފައި.
ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުން ސިފައިން ފޯރި މަރަނީ: ބޯޑަރު ސަރަހައްދުގައި ހަމަލާދީ ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ 46 މީހަކު މަރާލާފައި. / އަލްޖަޒީރާ

ޕާކިސްތާނުން ދިން ބޮމުގެ ހަމަލާއެއްގައި އަފްޣާނިސްތާނުގެ 46 މީހުން މަރުވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 26, 2024, 07:22 PM
މާލެ ސިޓީ

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބޮން އަޅައި އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަށް ދިން ވައިގެ ހަމަލާތަކުގައި 46 މީހުން މަރުވެއްޖެ އެވެ.

Advertisement

އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ ދިފާއީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިން ހަމަލާތައް އަމާޒުވެފައި ވަނީ އާންމުންނަށް ކަމަށެވެ.

އަދި އެ ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން މަރުވި ކަމަށާއި އެ ސަރަޙައްދަކީ ވަޒިރިސްތާނުން ގެދޮރު ގެއްލުނު މީހުން ދިރިއުޅެމުންދާ ސަރަޙައްދެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ތާލިބާނުންގެ ބަޔާނުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިން ޙަމަލާ ސިފަކޮށްފައި ވަނީ އަފްޣާނިސްތާނުގެ ސިޔާދަތަށާއި މިނިވަން ކަމަށް ދިން ހަމަލާއެއްގެ ގޮތުގައެވެ. އަދި އެ ފަދަ އުދުވާންތައް ހިންގައިގެން ޕާކިސްތާނަށް ހާސިލްކުރެވޭނެ ކަމެއް ނެތް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަފްޣާނިސްތާން ދިފާއު ކުރުމަކީ ތާލިބާނުންގެ ވާޖިބެއް ކަމަށް ބުނެ އެ ޙަމަލާތަކުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ވެސް އެ ޖަމާއަތުން ވަނީ ދީފަ އެވެ.

ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަން އަލުން ހޯދި ފަހުން ދެ ގައުމުގެ ބޯޑަރު ގައި ނުތަނަވަސްކަން ބޮޑުވެފައި ވާއިރު މިއީ އެ ސަރަހައްދުގައި މި ފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.

އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުތަކުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން މިދިޔަ މާޗު މަހު ދިން ނުރައްކާތެރި ވައިގެ ހަމަލާތަކެއްގައި ވެސް އާންމުންގެ އަށް މީހަކު މަރުވެފައިވާ ކަމަށް ތާލިބާނުން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved