March 12, 2026
Advertisement
ޣައްޒާ
ޣައްޒާ / އޭއެފްޕީ

ޣައްޒާގެ ދަރިފަސްކޮޅު އެއްކޮށް ނެތެމުންދަނީ!

Aminath Zara
އައިމިނަތު ޒާރާ
Dec 28, 2024, 08:30 PM
މާލެ ސިޓީ

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހަކީ ޣައްޒާގެ ހާލަތު ނުރައްކާތެރި އަދި ބިރުވެރި ދަރަޖައަކަށް ބަދަލުވެގެން ދިޔަ އަހަރެކެވެ.

Advertisement

ސަހްޔޫނީންގެ ހަމަލާތަކުގެ ޝިކާރައަށް ޣައްޒާގެ ރައްޔިތުންވެފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މި ހަމަލާތަކަށް ހުއްޓުމެއް އައިސްފައިނުވެއެވެ.

ސަހްޔޫނީން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 14،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާއިރު ޣައްޒާގެ ދަރިފަސްކޮޅި އެއްކޮށް ނެތިދާނެ ކަމުގެ ބިރު ތަޖުރިބާކާރުން އަންނަނީ ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިގޮތުން މިއަދު ދިން ހަމަލާއެއްގައިވެސް މާބަނޑު އަންހެނަކު ޝަހީދުކޮށްލައިިފި ކަމަށް ރިޕޯޓްތަކުން ބުނެއެވެ. މިއާއި އެކު، ކުޑަކުދިންނަށް އަމާޒުކޮށް ހޮސްޕިޓަލްތަކަށްވެސް ސަހްޔޫނީން އަންނަނީ ހަމަލާތައް ދެމުންނެވެ. ބޭނުމަކީ ޣައްޒާގެ މުސްލިމުން އެއްކޮށް ނެތިކޮށްލުން ކަމަށް ސަހްޔޫނީން އަންނަނީ ފާޅުގައި ބުނަމުންނެވެ.

މީގެ އިތުރުން، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގެ ވަގުތީ ކޭމްޕެއްގައި މިއަދު ގަދަ ފިނީގެ ސަބަބުންވެސް ތުއްތު ކުއްޖަކު ވަނީ ޝަހީދުވެފައި އެވެ.

ސަހްޔޫނީން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 27 އަށް އަރާފައި އެވެ.

މުސްލިމް އަޚުންނާއި އުޚްތުން ޝަހީދުކޮށް، ފިނީގައި ހިޔާވާނެ ގޮތެއް ނެތި މަރުވަމުންދާއިރު މި ސަރުކާރުން އަދިވެސް އަންނަނީ ސަހްޔޫނީންގެ ރައްޔިތުން މި ގައުމަށް އާދެވޭނެ ގޮތް ފަހިކޮށްދީ މަޖާކުރުމުގެ ފުރުސަތު ދެމުންނެވެ.

ސަހްޔޫނީންގެ ޕާސްޕޯޓް އަދިވެސް މަނާ ކުރުމަށް ސަރުކާރުން އުޒުރުވެރިވަމުން އަންނަ އިރު ޣައްޒާގެ ދަރިފަސްކޮޅު އަންނަނީ އެއްކޮށް ނެތެމުންނެވެ. ކުޑަކުދިން ޔަތީމްވެ މައިންބަފައިން ނެތި މަގުމަތިވެ ބަނޑުހައި ހޫނުކަމާއި ފިނީގެ ސަބަބުން އަންނަނީ އެތަކެއް ގެއްލުންތަކެއް ވަމުންނެވެ.

އެއް މުސްލިމަކު އަނެއް މުސްލިމް އަޚާއަށް އެހީތެރިވުމަކީ ވާޖިބަކަށްވާއިރު ޣައްޒާގެ ދިފާއުގައި ދިވެހި ސަރުކާރަށް އެއްވެސް ފިޔަވަޅެއް ނޭޅުނު އިރު ޣައްޒާ ސުންނާފަތިކުރަމުންދާ ސަހްޔޫނީންނަށް އަންނަނީ މި ގައުމަށް ރަސްމީ އިއްޒަތުގައި މަރުހަބާ ކިޔަމުންކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved